ޙަބަރުރ.އަތޮޅު

މަސްބާނަން އުޅުނު އިންނަމާދޫ 4 ޒުވާނުން 2 މާވަހަރު ހޮވައިފި

މަސް ބާނަން އުޅުނު އިންނަމާދޫ 4 ޒުވާނުން 2 މާވަހަރު ހޮވައިފިއެވެ. މި ޒުވާނުންނަށް މާވަހަރު ފެނުނީ އިއްޔެ ރޭ އިރާކޮޅުގެ ވަގުތެއްގައި އިންނަމާދޫ ބޭރުން ލައްޓި ބާންނަން ނިކުމު އުޅުމުގެ ތެރޭގައެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެމުން މާވަހަރު ފެނުނު ޒުވާނުންގެ ތެރެއިން އަޙުމަދު ސާހިލް ބުނި ގޮތުގައި 2 މާވަހަރު ތެރެއިން ފުރަތަމަ ފެނުނު އެއްޗަކީ މާވަހަރެއް ކަމަށް ޝައްކު ކުރެވޭތީ އޭތި އެއްގަމަށް ލުމަށް ފަހު އަނެއްކާ ވެސް މަސްބާނަން ދިޔަ ތަނުން 2 ވަނަ މާވަހަރު ފެނުން ކަމަށެވެ.

ސާހިލް ބުނި ގޮތުގައި ފުރަތަމަ ފެނުނު މާވަހަރަކީ ކަޅު މާވަހަރެއް ކަމަށާއި އޭގެ ބަރުދަނުގައި 300 ގްރާމް ހުރި ކަމަށެވެ. އަދި 2 ވަނަ މާވަހަރަކީ ހުދަންބަރެއް ކަމަށާއި ބަރުދަނުގައި 200 ގްރާމް ހުރި ކަމަށް ސާހިލް މަޢުލޫމާތު ދިނެވެ.

ސާހިލް ބުނި ގޮތުގައި 4 ޒުވާނުން މިހާރު އެއްބަސްވެފައި ވަނީ މާވަހަރު ވިއްކައިގެން ލިބޭ ލާރި އިންނަމާދޫ ކައުންސިލުން ބިނާކުރަން ނިންމާފައިވާ މިސްކިތް ބިނާ ކުރުމަށް ހަދިޔާ ކުރުމަށެވެ.

ހުސްވި ޖަނަވަރީ މަހުވެސް އިންނަމާދޫ އިން ހުދަންބަރެއް ފެނިފައިވެއެވެ. 220 ގްރާމްގެ އެ ހުދަންބަރު ހޮވާފައި ވަނީ އިންނަމާދޫ ގޮނޑުދޮށުގައި މަސްބާނަން އުޅުނު އުމުރުން 14 އަހަރުގެ ކުއްޖެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close