ޙަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019

އަލިފުށި ދާއިރާއަށް އަމިއްލަ ގޮތުން އާއްކޮ ކުރިމަތިލަނީ

19 ވަނަ ރައްޔިތުންގެ މަޖުލީހުގެ އިންތިޙާބުގައި އަލިފުށި ދާއިރާއަށް އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަލިލާން ރ.އަލިފުށި، ވީނަސް، މުޙައްމަދު އާސިމް (އާއްކޮ) ނިންމައިފިއެވެ. އޭނާ އެކަން އިއުލާންކޮށްފައިވާ ވަނީ ފޭސްބުކްގައި ހަދާފައިވާ ކެންޕޭން ޕޭޖެއްގައެވެ.

އަލިފުށި ދާއިރާއަށް ކުރިމަތިލާން ނިންމާފައިވާ ކަން އުނގޫފާރު.ކޮމް އަށް ކަށަވަރުކޮށްދެމުން އާއްކޮ ބުނި ގޮތުގައި އަލިފުށީ ދާއިރާއަށް ވާދަކުރުމަށް ކެނޑިޑެސީ ފޯމް ވަރަށް އަވަހަށް އިލެކްޝަން ކޮމިޝަނަށް ހުށައަޅާނެއެވެ.

އާއްކޮ އަކީ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތް ކުރާ ރ.އަލިފުށީ ނިސްބަތްވާ ފަރާތެކެވެ. އޭނާ ދިރިއުޅެނީ މާލޭގައެވެ.

އަލިފުށި، ވާދޫ، އަނގޮޅިތީމް އަދި ރަސްގެތީމް ހިމެނޭ އަލިފުށީ ދާއިރާއަށް އާއްކޮގެ އިތުރުން ޕީޕީއެމް ޕީއެންސީ ކޯލިޝަން ޓިކެޓުގައި އަހުމަދު ހުސެއިން ވާދަކުރާއިރު އެމްޑީޕީން ވާދަކުރަނީ މިހާރުވެސް އަލިފުށި ދާއިރާގެ މެންބަރުކަން ކުރައްވާ މުޙައްމަދު ރަޝީދު (ބިގޭ) އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close