ޙަބަރުރ.އަތޮޅު

ހުޅުދުއްފާރަށް 400 ކިލޯވޯޓުގެ ގެ ޖަނަރޭޓަރެއް ގެނެސްފި

ހުޅުދުއްފާރަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަން ހައްލުކުރުމަށް އެރަށަށް 400 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ގެނެސްފިއެވެ. ހުޅުދުއްފާރަށް މި ޖަނަރޭޓަރު ގެނެސްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން ހުޅުދުއްފާރު ކައުންސިލްގެ ނައިބް ރައީސް އަލީ ޖާވިދު ވިދާޅުވީ ހުޅުދުއްފާރަށް އާ ޖަނަރޭޓަރެއް ގެނެސްފައި މި ވަނީ އެ ރަށަށް މީގެ 3 ދުވަސް ކުރިން ފެށިގެން ކަރަންޓުގެ މައްސަލަތައް ދިމާވަމުން އައުމުގެ ސަބަބުން އެކަން ހައްލުކުރުމުގެ ގޮތުންނެވެ.

ޖާވީދު ވިދާޅުވީ ހުޅުދުއްފާރަށް ކަރަންޓު ދިނުމަށް މިހާރު ބޭނުން ކުރަމުން އަންނަނީ 250 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި 150 ކިލޯ ވޯޓުގެ ޖަނަރޭޓަރަށް ކަމަށާއި އެހެން ނަމަވެސް ރައްޔިތުން ކަރަންޓް ބޭނުންކުރާ ނިސްބަތް މިހާރު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އިންޖީނުތަކަށް ލޯޑު ބޮޑުވެ އެކި ވަގުތު ތަކުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ ދިމާވެފައެވެ.

ހުޅުދުއްފާރު އިންޖީނުގެ ހިންގާ ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި އައު ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކިހާރު ދަނީ ކުރަމުންނެވެ. އެއާ އެކު ހުޅުދުއްފާރުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close