ކޮވިޑް-19

[covid-19-global-overview]
ޚަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019

އެމްޑީއޭ އިން ރީހާން އަށް އުނގޫފާރު ދާއިރާގެ ޓިކެޓު ނުދޭން ނިންމައިފި

19 ވަނަ ރައްޔިތުންގެ މަޖުލީހުގެ އިންތިޙާބުގައި އުނގޫފާރު ދާއިރާއަށް ވާދަކުރެއްވަށް ނިންމަވާފައިވާ އެމްޑީއޭގެ ޔޫތު މަޖުލިސްގެ ރައީސް އަޙުމަދު ރީހާންއަށް ޓިކެޓު ނުދޭން އެ ޕާޓީން ނިންމައިފިއެވެ.

އެމްޑީއޭއިން ރޭ ވަނީ އެ ޕާޓީން ދުވާފަރު ދާއިރާ އަށާއި ދާލު އަތޮޅުގެ ދާއިރާތަކަށާއި ނޫނު އަތޮޅުގެ ދާއިރާތަކަށް ވާދަކުރުމަށް ނިންމާފައިވާ ކެނޑިޑޭޓުންނަށް އެޕާޓީގެ ޓިކެޓު ދީފައެވެ. އެހެން ނަމަވެސް ރީހާން އަށް ޓިކެޓު ނުދޭން ނިންމި ސަބަބެއް އެމްޑީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން ރީހާން ވިދާޅުވީ މިއީ އެމްޑީއޭ އިން ވަރަށް ބޮޑަށް އިންސާފުން އެއްކިބާވެ ނިންމާފައިވާ ނިންމުކެވެ. ރީހާން ވިދާޅުވީ އެމްޑީއޭ އިން ވަނީ އުނގޫފާރު ދާއިރާގެ ޓިކެޓު ދޭނެ ކަމަށް ބުނެ އޭނާ އަށް ވަރަށް ބޮޑަށް އޮޅުވާލާފައެވެ. ރީހާން ވިދާޅުވީ އެމްޑީއޭއިން ދާއިރާތަކަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޓިކެޓު ނުދޭން ނިންމާފައި ވަނީ އޭނާއަށް އެކަނި ކަމަށެވެ.

މަޖުލީސް އިންތިހާބަށް އުނގޫފާރު ދާއިރާއަށް ވާދަކުރުމުގެ ޝައުގުވެރިކަން އެންމެ ކުރިން ފާޅުކުރި އެކަކު ކަމުގައިވާ ރީހާން އައީ ކެންޕޭން ހަރަކާތްތައް ފުޅާކުރައްވާ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ. ރީހާން ވިދާޅުވީ އެމްޑީއޭއިން އޭނާ އާ ދޭތެރޭ ކަންތައްކުރި ގޮތުން ވަރަށް ހިތާމަކުރައްވާ ކަމަށާއި އޭނާ އަކީ އެ ޕަޓީ އުފެދުނީއްސުރެ އެ ޕަޓީ ނަގާ ކޮޅަށް ޖަހާ އެ ޕާޓީ އަކީ ޒުވާނުންގެ މެދުގައި މަޤުބޫލް ޕާޓީއެއް ކަމުގައި ހެއްދެވުމަށް އެންމެ ބޮޑެތި ޤުރުބާނީތަކެއް ވެލެއްވި އެކަކު ކަމަށެވެ.

ރީހާން ވިދާޅުވީ ކުރިން އެމްޑީއޭ ކިޔާ ޕާޓީއެއް އޮންނަކަން ގިނަ ބަޔަކު ނުދަންނަ ކަމަށާއި އެމްޑީއޭ އަކީ ޒުވާނުން ދަންނަ ޒުވާނުންނާ ރައްޓެހި ޕާޓީއަކަށް ވުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑުވާނެ ކަމަށެވެ. ރީހާން ވިދާޅުވީ އުނގޫފާރު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމެވުމާ އެކު އެމްޑީއޭގެ ޓިކެޓު އޭނާއަށް ދޭނެ ކަމުގެ ޔަޤީންކަން އަބަދުވެސް ދެމުން ދިޔަ ކަމަށެވެ.

“އަޅުގަނޑު މިދާއިރާއަށް ވާދަކުރުމަށް ނިންމުމުން އަޅުގަނޑަށް ޓިކެޓު ދޭނެ ކަމަށް ބުނެ އޮޅުވާލާ އަޅުގަނޑު ލައްވާ އެތަކެއް ބުރަ މަސައްކަތެއް ކުރުވާފަ އަޅުގަނޑުގެ އެތަކެއް އަގުހުރި ވަގުތު ތަކެއް ނަގާލުމަށް ފަހު މިއަދު އެގޮތަށް ކަންތައް ކުރުމުން ވަރަށް ދެރަވެއްޖެ.. އަދި އެއީ ކޮން ކަހަލަ އިންސާފެއްތޯ؟”  އެމްޑީއޭގެ ޔޫތު ލީޑަރު ރީހާން ވިދާޅުވިއެވެ.

ރީހާން އިތުރަށް ވިދާޅުވީ އެ ޕަޓީގެ ރައީސް އަހުމަދު ސިޔާމްގެ އެ ނިންމެވުމުން ދޭހަވަނީ އެމްޑީއޭ އަކީ ޒުވާނުން ބާރުވެރި ކުރުވާ ޒުވާނުންނަށް ފުރުސަތުތައް ހޯދައިދޭން މަސައްކަތްކުރާ ޕާޓީއެއް ނޫން ކަމަށެވެ.

އުނގޫފާރަށް ނިސްބަތްވާ ރީހާން ފާހަގަ ކުރެވެނީ އުނގޫފާރުގެ ޒުވާނުންނާ ވަރަށް ބޮޑަށް ރައްޓެހި އަދި ވަރަށް ގާތުން އަބަދުވެސް މަސައްކަތް ކުރައްވާ ޒުވާނުންނަށް ބޭނުންވާ ކަންތައް ކޮށްދެއްވުމުގައި އިސްނަންގަވާ އުޅުއްވި ލީޑަރެއްގެ ގޮތުގައެވެ. ރީހާން އަށް އެމްޑީއޭގެ ޓިކެޓު ގެއްލުމާ އެކު އުނގޫފާރު ދާއިރާއަށް ވާދަކުރުމާ ދޭތެރޭ އަދި ގޮތެއް ނުނިންމަވާ ކަމަށް ރީހާން ވިދާޅުވިއެވެ.

ރީހާން މިއަދު ވަނީ އެމްޑީއޭގެ ކައުންސިލް މެންބަރު ކަމުންނާއި ޒުވާނުންގެ މަޖުލީގެ ރައީސް ކަމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވާ އެމްޑީއޭގެ އާންމު މެންބަރު ކަމުން ވެސް ވަކިވި ކަން ހާމަކުރައްވާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close