ކޮވިޑް-19

[covid-19-global-overview]
ރިޕޯޓް

ޓިކް ޓޮކްގައި ބަރަހަނާވުން ދިވެހިން ބަލައިގަތީތޯ؟

އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކަ މިހާރު ދިވެހިންގެ ތެރޭގައި އެހާ މަޤުބޫލް ނުވެދާނެއެވެ. މިއީ “ކަޓު ހިޔާލެއް” ކަމުގައި ގިނަ ދިވެހިން ދެކިދާނެއެވެ. މިހެން ބުނާތީ ބުނާ މީހާ ގޯސްވެ އެމީހަކު ސަފުން ބާކީވެދާނެއެވެ. މިއީ އެހެން މީހުންގެ މިނިވަންކަމާ ބެހުން ކަމުގައި  މިހާރު ގިނަ ބަޔަކު ދެކިދާނެއެވެ. ހިތާމައާ އެކު ދަންނަވަން ޖެހެނީ މިއީ ދިވެހިންގެ ވިސްނުން މިހާރު ހުރި ގޮތެވެ. އެހެން ނަމަވެސް ކަން އޮތީ މިހެން ނޫން ކަމުގައި ނުވާނެއެވެ.

ހަރާން ކަންތައް ކަމަކަށް ފަހު ކަމެއް ދިވެހިން ބަލައިގަންނަން ފަށައިފިއެވެ. ފަހަރަކު ކަމެއް އެއީ އާދައިގެ ކަމަކަށް ވާން ފަށައިފި އެވެ. ކިތައް ކިތައް ކަންތައް ހެއްޔެވެ. އޮންލައިން ޕްލެޓްފޯމް ތަކުން ފަށާނަމެވެ.

އިންސްޓޯގުރާމޭ ކިޔުނު އެއްޗެއް ދިވެހިންގެ ތެރެއަށް ތައާރަފުވިއެވެ. ޒަމާނުއްސުރެ އެހެންމީހުންގެ ގޮތް “ކޮޕީ ކުރުމުގެ” އާދަ ހުންނަ ދިވެހިން އިންސްޓޯގްރާމުން އެދުރުވާން ފެށިއެވެ. ބޭރުގެ މޮޑެލުންނާ އެކުޓަރުންގެ ގޮތް ފާޑު ފަތުއަޑު ކިޔާފާ ރާޅެއް ހެން ދިވެހިންގެ ތެރެއަށް ބިންދާލިއެވެ. އެހާ ހިސާބުން ދިވެހިން އޮރިޔާން ވާން ފެށިއެވެ. އެންމެ ފުރަތަމަ ދިވެހިން އެކަމާ ދެކޮޅު ހެދިއެވެ. މީޑިއާ ތަކުން އެކަމާ ދެކޮޅު ދެތިން ލިޔުމެއް އޭރު ދުށީމެވެ. ނަމަ ވެސް މަޑުމަޑުން އެކަން ބަދަލުވިއެވެ.

މިހާރު ދިވެހި ނޫސްތަކާ މަޖައްލާ ތަކުގެ ފަލަ ސުރުހީން އެމީހުން ޖާގަ ޖޯދައިފިއެވެ. ނޫސްތަކުންނާ މަޖައްލާ ތަކުން އިންސްޓޯ ގްރާމްގައި ޖިސްމު ނީލަން ކިޔަމުންދާ މީހުން އެއީ “މޮޑެލުން” ގޮތުގައި ޕްރޮމޯޓް ކުރަން ފަށައިފިއެވެ. ބޮޑެތި ކުންފުނިތަކުގެ ބްރޭންޑް އެންބެސަޑަރުންގެ ގޮތުގައި އެވެރިން ހަދައިފިއެވެ. ޓީވީ ޝޯތަކަށް އެވެރިން އަރުވާ އެވެރިންގެ ހަޔާތަކީ ދިވެހިންނަށް ނަމޫނާއެއް ކަމުގައި ޕްރޮމޯޓް ކުރަން ފަށައިފިއެވެ. މިއުޒިކާއި ލަވައިގެ ވާހަކަ އެހަށް ބާއްވާށެވެ. މުއިޒިކާއި ލަވައިގެ ނަމުގައި މައިންނާ ދަރިން އެއްތާ ތިބެގެން އަޑުއަހަން ހެޔޮނުވާ ވަރުގެ ބަސްތައް ފަތިފައްތަށް އަމުނަމުން ދިއުމުން ވެސް ދިވެހިން ތިބީ އެކަން ބަލައިގަނެ އަތްޖަހާށެވެ.

ދެން އޮތީ މިހާރު މަސްހޫރުވެގެން އުޅޭ “ޓިކް ޓޮކް” ގެ ވާހަކައެވެ. ޓިކްޓޮކް ވުޖޫދަން އައުމާ އެކު މަންޒަރު ސިފަވެގެން ދިޔައީ ދިވެހިން ތިބީ ބަޔަހަނާވެ އިސްލާމީ ރިވެތި އަހުލާގު ބޮލުކޮޅުން ނަގާ އެއްލާލާނެ ޕްލެޓްފޯމަކަށް ނުހަނު ބޭނުންވެ ކެއްމަދުވެފައި ކަމެވެ. ޢާލަމްތަކުގެ ވެރި އިލާގުގެ އަމުރުފުޅު އޮތްތާގައި އޮއްވާ ހަވާނަފުސުގެ އެދުންތަކަށް ދީލިގެން ގޮސް ހެއްލިގެން ދިޔަލެއް އަވަސްކަން ފެނި ހައިރާން ވަމެވެ.

އިސްލާމް ދީން އަމުރު ކުރަނީ އަންހެން ކަނަބަލުން އެކަނބަލުންގެ ވަނާތައް ހިލޭ ފިރިހެނުންގެ ލޯތަކުން ސަލާމަތްކޮށް ވަންހަނާ ކުރުމަށެވެ. އަދި ފިރިހެނުންނަށް އެބައި މީހުންގެ ބެލުންތައް ތިރިކުރުމަށެވެ. ޓިކު ޓޮކް ދިވެހިން ބޭނުން ކުރަނީ ﷲގެ މި އަމުރުފުޅަށް ކުރާ ފުރައްސާރައެއް ގޮތުގައި ހެއްޔެވެ؟

މިހުރިހާ ކަމެއް މިހެން އޮއްވާ އެންމެ ބޮޑު ކަންބޮޑުވުމަކީ މީޑިއާ ތަކުން މިދެންނެވި ކަންކަން ޕްރޮމޯޓް ކުރާތީއެވެ. ބަރަހަނާ ވުން “މީތި ސަޅި” އޭ ދޭހަވާނެހެން ލިޔާ ލިޔުންތަކެވެ. ދިވެހިން އެކަން ބަލައިގަންނަން ފަށާފައިވާތީއެވެ. ކިތަންމެ ގިނަ ބަޔަކު ބަލައިގަތަސް ނުވަތަ އެއީ ކަމަކަށް ނުހަދާ ދޫކޮށްލިޔަސް ހަރާން ކަމެއް ހަލާލެއް ނުވާނެއެވެ. މުންކަރާތެއް ހުއްދައެއް ވެސް ނުވާނެއެވެ. މިމަގުން މިކަން ހިނގަނީ ނަމަ ދުވަސް ކޮޅަކުން ރާ ބުއިން ވެސް ދިވެހިން ބަލައިގެންފާނެއެވެ. ރާ ބޯ މީހުން ޓިވީތަކަށް އަރުވާ އިންޓަވިއުތައް ދޭން ފަށާފާނެއެވެ. ރާބުއިން ހަރާންވީ ފަދައިން ބަރަހަނާ ވުން ވެސް ހަރާމެވެ.

މުންކަރާތްތަކަށް ދެކޮޅު ހަދާ އެކަން ނަހީކޮށް އިސްލާހު ކުރަން މަސައްކަތް ނުކުރާ ނަމަ ޤައުމެއް ހަލާކުވެގެން ހިނގައިދާނެއެވެ. ފިޔަވަޅަކަށް ފަހު ވިޔަވަޅެއް ޝައިތާނާގެ ފަސްފަހަތުން ހިންގަމުން ގެއްލި ހިނގައިދާނެއެވެ. މުޖުތަމަޢު އިސްލާހު ކުރުމުގައި އާންމު ފަރުދުންގެ އިތުރުން ނޫސް މަޖައްލާ ތަކުގެ ޙިއްސާވެސް ނުހަނު ބޮޑެވެ. އިސްލާހު ކުރުމަށް އެންމެން އެކީގައި މަސައްކަތް ކުރަންޖެހެއެވެ.

“ކަލާންގެ ސަފުން ބަދަލު ނުކުރައްވަތޭ ޤައުމުގެ ހާލަތެއް. ނުވާ ނަމަ ޤައުމުގައި ހާލަތު ބަަދަލު ކުރުމުގެ ހިޔާލާތެއް.”

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
2 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
2 Comment authors
AhmedMithureh Recent comment authors
Ahmed
Guest
Ahmed

Aan mihaaru dhivehin othy goi husvefaa baanun kame kuruma e vana ga

Mithureh
Guest
Mithureh

liyumuge aslu verifataathakee kobaatho???

Close