ޙަބަރުމަޖިލިސް އިންތިހާބު 2019

ވޯޓަށް މީހުން އަހުލުވެރިކުރުމަށް ވޯކްޝޮޕެއް އުނގޫފާރުގައި ބާއްވަނީ

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމުގެ ގެގޮތުން ވޯޓަށް އާންމުން ހޭލުންތެރިކުރުމަށް މަސައްކަތު ބައްދަލުވުމެއް އުނގޫފާރު ގައި ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ. އިލެކްޝަން ކޮމިޝަނުން އިންތިޒާމުކޮށްގެން ބާއްވާ މިބައްދަލުވުން އޮންނާނީ މި ފެބުރުއަރީ 23 ވާ ހޮނިހިރު ދުވަހު އުނގޫފާރު ސުކޫލްގެ ރިހިމާލަމްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އުނގޫފާރުގައި ކުރިއަށްގެންދާ މިބައްދަލުވުމުގައި އުނގޫފާރުގައި ހުރި ދައުލަތާއި ސަރުކާރުގެ މުވައްސަސާތަކާއި ކްލަބު ޖަމާއަތްތަކުގެ އިތުރުން އާންމުފަރުދުންވެސް ބައިވެރިކުރުމަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގެ ބައިވެރިންނަށް ބައްދަލުވުން ކުރިއަށްދާގަޑި ތަކުގައި ކެއުމާއި ސައިވެސް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށްބާއްވާ އިންތިހާބު ބޭއްވުމަށްހަމަޖެހިފައިވަނީ އަންނަ މެއިމަހުގެ 6 ވަނަ ދުވަހުއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close