ޙަބަރުމަޖިލިސް އިންތިހާބު 2019

އުނގޫފާރުގައި ރިރެޖިސްޓްރީ ކުރަންޖެހޭ މީހުން 330 އަށްވުރެގިނަ

ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

އިލެކްޝަނުން އާންމުކޮށްފައިވާ ލިސްޓްގައި ވާގޮތުން މިއިންތިހާބުގައި އުނގޫފާރުގައި ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ 1114 މީހުން އެބަތިއްބެވެ. އޭގެތެރޭގައި ރިރެޖިސްޓްރީ ކުރަންޖެހިދާނެ 330 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. މިއީ ރިޔާސީ އިންތިހާބުގައި ރަށުންބޭރަށް ވޯޓުލީމީހުންނާއި އޭގެފަހުން އެއްތަނުން އަނެއްތަނަށް ބަދަލުވެފައިވާ މީހުންނެވެ.

ރިރެޖިސްޓްރޭޝަން އަށް ހުޅުވާލާފައިވާގޮތުން  މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލާން ރަޖިސްޓްރީކުރި ތަނަށް މި އިންތިހާބުގައި ވޯޓު ލާ މީހުން ރީ-ރެޖިސްޓްރީވާކަން ނުޖެހޭނެ އެވެ. އެ މީހުން ވޯޓުލާން މިހާރު ވެސް އޮންނާނީ ރިޔާސީ އިންތިހާބުގައި ވޯޓު ލީ ތަނަށެވެ. ރީ-ރެޖިސްޓްރީވާން ޖެހޭނީ މިހާރު ރަޖިސްޓްރީވެފައިވާ ތަނަށް ބަދަލެއް ގެންނަން ބޭނުންވާ މީހުންނެވެ.

ވޯޓުލާން ރަޖިސްޓްރީވުމަށް ބޭނުންވާ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބޭނެ އެވެ. އަދި އެ ތަންތަނުން ފޯމުތައް ބަލައިގަތުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ އެވެ. މާލެއިން ނަމަ އެ މަސައްކަތްތައް ކުރިއަށް ގެންދާނީ ބާ ޖަމާލުއްދީނުގައި ހުންނަ އީސީގެ ބިއުރޯ އިން ނެވެ.

ރީ-ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 3:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ.

ރިރެޖިސްޓްރީ ކުރުމުގެ ސުންގަނޑި  މާޗް 2 ކަށްހަމަވާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close