ޙަބަރުމަޖިލިސް އިންތިހާބު 2019

ވަހީދު އަދި ކެމްޕެއިން ޓީމުން އުނގޫފާރު ސްކޫލްގެ މެނޭޖްމަންޓް އަދި ޕީޓީއޭ އާއި ބައްދަލުކޮށްފި

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރާ މުހައްމަދު ވަހީދު (ވައްޑެ) އަދި އެމްޑީޕީގެ އުނގޫފާރު ކެމްޕެއިންޓީމުން އުނގޫފާރު ސްކޫލުގެ މެނޭޖްމަންޓާއި އަދި ޕީޓީއޭ އާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ ރޭ 20:30 ގައި އުނގޫފާރު ސްކޫލުގެ އޭވީ ރޫމުްގައެވެ. މިބައްދަލުވުމުގައި ސްކޫލް މެނޭޖްމަންޓްގެ ބޭފުޅުންނާއި ޕީޓީއޭގެ މެމްބަރުންނާއި އެމްޑީޕީގެ އުނގޫފާރު ކެމްޕެއިންޓީމުގެ އިސްބޭފުޅުން ބައިވެރިވިއެވެ.

ކެމްޕެއިން ޓީމުން އުނގޫފާރު ޑޮޓްކޮމްއަށް މިއަދު މައުލޫމާތު ދެއްވިގޮތުގައި މިބައްދަލުވުމުގެ ބޭނުމަކީ އުނގޫފާރު ސްުކޫލުގެ މިހާރުގެ ހާލަތު ދެނެގަތުމާއި އުނގޫފާރު ސްކޫލަށް ދަތިވެފައިވާ ކަންކަމާއި އަދި ސްކޫލުން އަވަސް ހައްލެއްބޭނުންވާ ކަންކަން ހުރިނަމަ އެކަންކަމަކީ ކޮބައިތޯ ބެލުންކަމަށެވެ.  އަދި އުނގޫފާރު ސްކޫލަށް ދަތިވެފައިވާ ކަންތައްތަކުގެ ތެރެއިން މިވަގުތައް ސަރުކާރުތެރެއިން ހައްލުހޯދެންހުރި ކަންތައްތަކަކީ ކޮބައިތޯބަލައި އެކަންކަމަށް އަވަސް ހައްލެއްހޯދުމަށް ސަރުކާރައި ވާހަކަ ދައްކައިގެން އެދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރުންކަމަށެވެ.

މިބައްދަލުވުމުގައި ސްކޫލުގެ މެނޭޖްމަންޓުން އަދި ޕީޓީއޭއިންވަނީއެފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އަދި ހިއްސާކުރެވުނުކަންތައްތަކަށް އަވަސް ހައްލެއްހޯދުމަށް ސަރުކާރާއި ވާހަކަ ދައްކައިގެން މަސައްކަތް ކުރަމުންދާނެކަމަށް އެފަރާތްތަކަށް ދެންނެވިއެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ކެމްޕެއިންޓީމުގެފަރާތުން ބުނެފައިވަނީ ރޭގެ ބައްދަލުވުމުގައި ފާހަގަ ކުރެވުނު ބައެއް ކަންތައްތައް މިއަދު މިނިސްޓްރީގެ ސަމާލުކަމަށްގެނެވިފައިވާ ކަމަށެވެ. އަދި އެކަންކަން އަވަސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އުނގޫފާރު ސްކޫލުގެ މެނޭޖްމަންޓާއި އަދި ޕީޓީއޭ އާއި ބައްދަލުވުމުގެ ފުރުސަތު ލިބުނީތީ ވަހީދު އާއި ކެމްޕެއިންޓީމުގެ ފަރާތުން އެފަރާތްތަކަށް މަރުހަބާއާއި ޝުކުރު އަދާކުރިއެވެ. އަދި އެފަރާތުންވެސް ވަނީ އެފަދަ ފުރުސަތެއް ލިބުނީތީ ވަހީދުއަށާއި ކެމްޕެއިން ޓީމަށްވެސް ޝުކުރުއަދާ ކޮށްފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close