ޙަބަރުމަޖިލިސް އިންތިހާބު 2019

މަތީން އުނގޫފާރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަނީ

ޕީޕީއެމްގެ ކުރީގެ ސެކްރަޓަރީ ޖެނެރަލް އަދި ރައީސް ޔާމީން ސަރުކާރުގެ އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ މަތީން އަމިއްލަ ގޮތުން އުނގޫފާރު ދާއިރާއަށް ވާދަކުރައްވަން ނިންމަވާ އިލެކްޝަނަށް ފޯމް ހުށައަޅުއްވައިފިއެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން މަތީން ވިދާޅުވީ އުނގޫފާރު ދާއިރާއަށް ވާދަކުރެއްވުމަށް މި ދިޔަ ހަފުތާ އިލެކްޝަނަށް ފޯމް ހުށައަޅުއްވާ އަދި އިލެކްޝަނުން މަތީންގެ ކެނޑިޑެސީ ބަލައިގެންފައިވާ ކަމަށެވެ.

މަަތީން އުނގޫފާރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވީ އެދާއިރާއަށް ވާދަކުރުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ޓިކެޓު މަތީން އަށް ދިނުމަށް ފަހު ޕީޕީއެމް ފަހުން އެ ނިންމުން ބަދަލުކޮށް ޖުމްހުރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އިލްހާމް އަހުމަދަށް ތާއީދުކުރުމަށް ނިންމުމުންނެވެ. މިކަމާ ގިޅިގެން މަތީން ވަނީ ޕީޕީއެމްގެ ސެކްރަޓަރީ ޖެނެރަލްގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މަތީން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވީ އުނގޫފާރު ދާއރާގެ ގިނަ ރައްޔިތުން ތަކެއް އެ ގޮތް ބޭނުންވާތީ ކަމަށާއި ރައްޔިތުންނަށް ކޮއްދޭ ކަމެއްގެ ގޮތުގައި ކަމަށެވެ.

ކެނޑިޑެސީ ފޯމް ހުށައެޅުމަށް އިލެކްޝަނުން ދީފައިވާ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައި ވާއިރު އުނގޫފާރު ދާއިރާއަށް 4 ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ މަތީންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ރ.އުނގޫފާރު، ހިމިތީގެ، އަބްދުﷲ ރަޝީދާއި، އެމްޑީޕީގެ ކެނޑިޑޭޓު މުޙައްމަދު ވަހީދު(ވައްޑެ) އަދި ޖުމްހުރީ ޕާޓީގެ ކެނޑިޑޭޓު މިހާރުގެ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close