ޙަބަރުމަޖިލިސް އިންތިހާބު 2019

އަލިފުށި ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރުމަށް ކުރިން ނިންމާފައިވާ މުޙައްމަދު އާސިލް ބިގޭ އަށް ތާއީދުކުރަން ނިންމައިފި

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި އަމިއްލަ ގޮތުން އަލިފުށީ ދާއިރާއަށް ވާދަކުރުމަށް ނިންމުމަށް ފަހު އެ ނިންމުން ބަދަލުކޮށް ރ.އަލިފުށި، ވީނަސް، މުޙައްމަދު އާސިމް (އާއްކޮ) އަދި އޭނަގެ ކެންޕޭން ޓީމުން އެމްޑީޕީގެ ކެނޑިޑޭޓު މުޙައްމަދު ރަޝީދު (ބިގޭ) އަށް ތާއީދުކުރުމަށް ނިންމައިފިއެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެމުން އާއްކޮ ބުނި ގޮތުގައި ބިގޭ އަށް ތާއީދު ކުރުމަށް ނިންމީ އެއީ މިވަގުތަށް އެންމެ ރަނގަޅުގޮތް ކަމުގައި ވާތީއާއި ދާއިރާއަށް ގިނަ ކަންތައްތަކެއް ކޮށްދެވޭނީ ސަރުކާރާ ގުޅިގެން ކަމަށް ވާތީ އެ ވިސްނުމުގައި ކަމަށެވެ.

އަލިފުށި ދާއިރާގެ މިހާރުގެ ވެސް މެންބަރު ބިގޭއާ ދެކޮޅަށް ދެން ވާދަކުރާނީ ޕީޕީއެމް ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ރ.އަނގޮޅިތީމް ކައުންސިލްގެ ކުރީގެ ޒިންމާދާރު ވެރިޔާ، އަޙުމަދު ހުސެއިންއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close