ޙަބަރުމަޖިލިސް އިންތިހާބު 2019

ރީހާން ޖުމްހުރީ ޕާޓީގެ ކެނޑިޑޭޓު އިލްހާމަށް ދާއިދުކުރައްވަން ނިންމަވައިފި

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި އެމްޑީއޭގެ ކުރީގެ ޒުވާނުންގެ މަޖިލީހުގެ ރައީސް އަޙުމަދު ރީހާން ޖުމްހުރީ ޕާޓީގެ ޓިކެޓުގައި އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ އިލްހާމް އަހުމަދަަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

ރީހާން އިލްހާމަށް ތާއީދުކުރައްވަން ނިންމެވިކަން ހާމަކުރެއްވީ ރީހާން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ރީހާން ފޭސްބުކްގައި ވިދާޅުވެފައި ވަނީ ދާއިރާގެ މުސްތަޤުބަލަށާއި ޒުވާނުންގެ ކުރިއެރުމަށް އިލްހާމް އަކީ އެންމެ ރަނގަޅު ޗޮއިސް ކަމަށެވެ. އަދި  ރީހާންގެ އެކުވެރިންނަށާއި އާއިލާ އަށާއި ހެޔޮ އެދޭ ފަރާތްތަކުން އިލްހާމަށް ވޯޓުދިނުމަށް ގޮވާލެއްވިއެވެ.

ރީހަން މީގެ ކުރިން އެމްޑީއޭގެ ޓިކެޓުގައި އުނގޫފާރު ދާއިރާއަށް ވާދަކުރެއްވުމަށް މަސައްކަތްކުރެއްވި ނަމަވެސް އެމްޑީއޭއިން ފަހު ވަގުތު ވަނީ ރީހާން އަށް ޓިކެޓު ނުދޭން ނިންމާފައެވެ. މިކަމާ ގުޅިގެން ރީހާން އެމްޑީއޭގެ ޔޫތު މަޖިލީހުގެ ރައީސް ކަމުން އިސްތިއުވާ ދެއްވާ ޕާޓީން ވަކިވެވަޑައިގަތެވެ. އެއަށް ފަހު ރީހާން އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރެއްވުމާ ދޭތެރޭ ފަހުން ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.

ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާ އިލްހާމް އަހުމަދަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވެސް ވަނީ ތާއީދު ކުރަން ނިންމާފައެވެ. އިލްހާމުގެ އިތުރުން އުނގޫފާރު ދާއިރާއަށް ދެން ވާދަކުރައްވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ އަބްދުﷲ ރަޝީދު، އަމިއްލަ ގޮތުން ވާދަކުރައްވާ ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަބުދުލް މަތީން މުޙައްމަދު އަދި އެމްޑީޕީގެ ކެނޑިޑޭޓު މުޙައްމަދު ވަހީދެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Dhaairaage adu Recent comment authors
Dhaairaage adu
Guest
Dhaairaage adu

Kon gothakuntha il’haam ran’galhuvaany? Amilla dhaairaain nuhoveynekan yagyn meeheh. Evves party akunves ithubaaru kuraa meehehnoon. Kihineh un’goofaaaru dhaairaage rayyithun eynayah ithubaaru kuraany? Ikhlaastheri kamashaa dhaairaayah manfaa ah balannhaa mathyn vareh neh. Un’goofaaru dhaairaa aky mihaathanah faisaa ah vikifa oi gon’dieh noon. Mifaharuves hiyeh nuvey.

Close