ޙަބަރު

ރައްޔިތުންގެ ޝަކުވާތައް ކައުންސިލަށް ބަންޑުންކޮށްލައިފި

އުނގޫފާރު ރައްޔިތުންގެ ފަރާތުން ގިޝަކުވާތަކަކާއި ކަންބޮޑުވުންތަކެއް އުނގޫފާރު ކައުންސިލާއި ހިއްސާކޮށްފިއެވެ. މިކަންތައްތައް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުން އޮތީ އިއްޔެމެންދުރުފަހު 13:00 ގައި ރ އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމްގައެވެ. މިބައްދަލުވުމުގައި ކައުންސިލްގެ 3 މެމްބަރުންވެސް ބައިވެރިވެލެއްވިއެވެ.

ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަ ދައްކަމުން ބައިވެރިންގެ ފަރާތުން މުހައްމަދު ފައިސަލް ބުނީ ކައުންސިލާއި ބައްދަލުކުރަން މިޖެހުނީ، މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ދޮރުންދޮރަށް ހިންގާއިރު ރައްޔިތުންގެ  ހިތްތަކުގައި ކައުންސިލާމެދު އުފެދިފައިވާ  ވަރަށްގިނަ ކަންބޮޑު ވުންތަކަކާއި ނުތަވަސްކަމެއްގެ ސަބަބުން ކަމަށެވެ. ވީމާ ކުރިއަށްއޮތްތަނުގައި ސިލްސިލާކޮށް މިފަދަބައްދަލުވުންތައް ކުރިއަށްގެންދިއުމަށް ބޭނުންވާކަމަށެވެ. އަދި 28 ފެބްރުއަރީ 2019 ގައި ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރާއިރު ފާހަގަކުރާ ކަންކަން އިތުރަށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެދޭކަމަށެވެ.

ފާހަގަކުރި މައިގަނޑު ކަންތައްތަކަށް ބަލާއިރު އުނގޫފާރު ރައްޔިތުންގެ ވިޔަފާރިންގެންނަ ތެޔޮ ބޭލުމަށް މަގުހުރަސްކޮށް ހޮޅިއަޅާތީ ދުއްވާ އެއްޗިއްސަށް ދިމާވާ ތަކުލީފުތަކުގެ މައްސަލައާއި ރައްޔިތުންގެ މާލިއްޔާއިން ގެނެސްފައިވާ 1.5 ޓަނުގެ ޕަވަގޭޓް 2 ޕިކަޕް ކަންތަކާއި ޕިކަޕްތައް މައްސަލަޖެހި ރައްޔިތުންނަށް ދޭހިދުމަތައް ބުރޫއަރަމުންދާ މައްސަލަ ހިމެނެއެވެ. އަދި މީގެ އިތުރުން އުނގޫފާރުގެ އިތުރުވަމުންދާ އާބާދީއާއި ހިދުމަތައް ތައްޔާރުވަމުންދާ އިމާރާތްތަކަށް ބޭނުންވާ ކަރަންޓް އުފެއްދޭނެ ކެޕޭސިޓީ ރައްޔިތުންގެ އިންޖީނުގޭގައި ނެތުމާއި އިންޖީނުގެ އަޕްގްރޭޑް ކުރަނީ ކޮންއުސޫލެއްގެ ދަށުންތޯ އަދި ކަރަންޓް ބޭނުންވާ މިންވަރާ ބޭނުންކުރާ މިންވަރު ދެނެގަތުމަށް އެއްވެސް މަސައްކަތެއް އޮޑިޓެއް ކުރެވިފައިވޭތޯ އަޕްގްރޭޑިންއަށް މާސްޓަރޕްލޭނެއް ހެދިފައި އޮތްތޯ ބައިވެރިން ވަނީ ކައުންސިލާއި ސުވާލުކޮށްފައެވެ.

އަދި އުނގޫފާރުގައި ޤާއިމުކުރެވިފައިވާ ނަރުދަމާނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއްހޯދުމަށް ކައުންސިލުން ކުރަމުންދަނީ ކޮން މަސައްކަތެއްތޯއާއި ކައުންސިލުން ދެމުންގެންދާ ކުނި މެނޭޖުކުރުމުގެ ހިދުމަތް ބޮއްސުންލައި ބައެއްފަރާތްތަކުން ރަށުގެ އެތައްމިތަނަށް ކުނިއަޅަމުންދާއިރު އެކަންކަން ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ވޭތޯ ނުވަތަ މިކަންކަން ރަގަނޅު ކުރުމަށް ކައުންސިލުން ކުރަންރާވާފައި އޮތީ ކޮންކޮން ކަންތައްތަކެއްތޯ ބައިވެރިންސުވާލު ކުރިއެވެ.

މީގެ އިތުރުން ސަރުކާރުން އުނގޫފާރުގައި ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ހުއްޓިފައިވާ މަގުހެދުމުގެ މަސައްކަތާއި ގޯތި ދޫކުރުމާއި ވަގުތީބިން ދޫކުރާގޮތާއި ބެހޭގޮތުން ހުރި ކަންބޮޑުވުންތަކާއި ބެހޭގޮތުން ސުވާލުކުރިއެވެ. އަދި ސަރުކާރު ބަދަލުވިފަހުން ގިނަ މާލެ ދަތުރުތަކެއް ކައުންސިލުން ކޮށްފައިވާތީ އެދަތުރު ތަކުގެ މައުލޫމާތު އޮޅުންފިލުވައި ދިނުމަށާއި އެމްޓީސީސީ އިން އުނގޫފާރު ކައުްންސިލާ ދެކޮޅަށް ކުރިދައުވާގެ ތަފްސީލް ދިނުމަށް ބައިވެރިން އެދިފައިވެއެވެ.

އުނގޫފާރު ކައުންސިލުން އިއުލާނު ކުރަމުންދާ އެސްޓިމޭޓުތައް ބާތިލު ކުރަމުންދާކަން ފާހަގަކޮށް އެކަން އެގޮތައް ކުރުން އާންމުވެފައިވާތީ ކައުންސިލާދޭތެރޭ ކޮންޓްރެކް މަސައްކަތް ކުރާފަރާތްތަކުގެ އިތުބާރު ގެއްލެމުންދާތީ އާއި މިގޮތަން ކުރެވޭ ބައެއް މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންގެ މާލިއްޔަތުން ބޮޑެތި އިސްރާފު ވަމުންދާކަން ކައުންސިލުގެ ސަމާލުކަމަށްގެނެސް ފައިވެއެވެ. މިގޮތުން ކައުންސިލުން އިމާރާތް ކުރަންފަށާ މަސައްކަތް ހުއްޓާލާފައިވާ ގްރުއާން ކުލާސް އިމާރާތުގެ މަސައްކަތް ގޮސްފައިވާގޮތް ފާހަގަކޮށް މިކަންކަން މިގޮތައް ކުރާސަބަބު އޮޅުންފިލުވައި ދިނުމަށް ބައިވެރިން އެދިފައިވެއެވެ.

ބައްދަލުވުމުގައި އުނގޫފާރުގައި ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެ އެފަރާތްތަކުގެ ކަންބޮޑުވުންވެސް ފާހަގަކުރިއެވެ. މިގޮތުން އުނގޫފާރުގައި ގިނައަދަދެއްގެ ބިދޭސީން އުޅެމުންދާއިރު އަދި ކޮންމެ ދުވަހަކުވެސް ގިނައަދަދެއްގެ ބިދޭސީން އުނގޫފާރަށް އަންނަމުންދާއިރު ބިދޭސީންގެ ގައިން މިހަރަކަށްއައިސް ގައިގޔަށް އަރާ ބޮޑެތިބަލިތައް ފެންނަމުންދާތީ އެކަން ކައުންސިލުގެ ސަމާލުކަށްގެނެވި ފައިވެއެވެ. އަދި މިކަމުގައި އެންެމެބޮޑު ސަމާލުކަމެއް ދޭންޖެހެނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނަށްކަމަށް ފާހަގަކުރިއެވެ. ސަބަބަކީ ގަވާއިދާ އެއްގޮތަށް އުޅެމުންދާ ބިދޭސީންގެ މެޑިކަލް ހަދާ މެޑިކަލްއިން ފާސްނުވާ ބިދޭސީން ފޮނުވާލަމުން ދާއިރު ގަވާއިދާ ހިލާފަށް އުޅޭމީހުންގެ މިފަދަ ސިއްހީކަންކަން މޮނިޓަނުކުރެވޭތީ ކަމަށެވެ.

ދެގަޑި ވިހި މިނެޓް އިރަށް ދިގުލައިގެންދިޔަ މިބައްދަލުވުމުގައި ކައުންސިލް މެމްބަރުންވަނީ ބައިވެރިން ފާހަގަކުރި ކަންބޮޑުވުންތަކަށް ޖަވާބު ދާރީވެފައެވެ. އަދި ކައުންސިލުން ކޮށްފައިވާ ކަންކަމުގެ ލިޔެކިއުންތައް ބަލަން ބޭނުންވާ ފަރާތްތަކަށް ކައުންސިލަށް ދުރުވެ ހަމަޖެހިފައިވާ އުސޫލުން އެތަކެތި ބެލުމަށް ކައުންސިލުން އެދިލެއްވިއެވެ. އަދި މީގެ އިތުރުން ފާހަގަކޮށްލެވުނު ދެކަމަކީ މާރިޗް 15 އިގެ ނިޔަލަށް ތެޔޮހޮޅީގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށާއި ފެށޭހަފްތާގެތެރޭގައި ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސަައްކަތް ފަށާނެކަމަށް ކައުންސިލުން ބުނެވައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close