ޙަބަރު

ޔޫތު މިނިސްޓްރީގެ ޔޫތު އެސޯސިއޭޓުގެ މަޤާމަށް އަހުމަދު ޝާހިދު އައްޔަންކުރައްވައިފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވާރމެންޓްގެ ޔޫތު އެސޯސިއޭޓޫގެ މަޤާމަށް ރ.އުނގޫފާރު ޗާންދަނީވިލާ، އަޙުމަދު ޝާހިދު، ރައީސުލް ޖުމްހުރިއްޔާ މިއަދު އައްޔަނު ކުރައްވައިފިއެވެ.

ޔޫތު އެސޯސިއޭޓުގެ މަޤާމަކީ ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނު އަސާސީގެ 155 ވަނަ މާއްދާގެ ޅަވިޔަނީގެ ދަށުން ރައީސުލް ޖުމްހުރިރައްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަޤާމުތަކަށް މީހުން އައްޔަންކުރެއްވުމަށް ރައީސުލް ޖުމްހުރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ބޭފުޅުން އައްޔަން ކުރައްވާ މަޤާމަމެކެވެ.

އަހުމަދު ޝާހިދު ވަނީ 2011 ވަނަ އަހަރު އުނގޫފާރު ޔޫތު ސެންޓަރުގެ ޔޫތު ކޯޑިނޭޓަރުގެ މަޤާމުވެސް އަދާކުރައްވާފައެވެ. އަދި 2008 ވަނަ އަހަރު އުނގޫފާރު ކައުންސިލްގެ މެންބަރުކަން ވެސް ޝާހިދު  ކުރައްވާފައިވެއެވެ. ޝާހިދަކީ ސިޔާސީ ދާއިރާގައި ހަރަކާތްތެރި ބޭފުޅެކެވެ. އަދި އުނގޫފާރުގެ ޒުވާނުންނާ ގުޅޭ ކަންކަމުގައި އިސްނަންގަވާ އުޅުއްވާ ބޭފުޅެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close