ޙަބަރު

ޑަބްލިއުއެޗްއޯގެ މި ރީޖަންގެ އެޗްއާރް އެޑްވައިޒާރ އުނގޫފާރު ރީނަލް ހޮސްޕިޓަލަށް ޒިޔާރަތްކޮށްފި

ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ސައުތު އީސްޓް އޭސިއާ ރީޖަންގެ ރީޖަނަލް އެޑްވައިޒާރ ފޯ ހިއުމަން ރިސޯސް ފޯ ހެލްތު ޑރ.ތޯމަސް ޒެޕާޓާ އަދި މިނިސްޓްރީ އޮފް ހެލްތުގެ ހިއުމަން ރިސޯސް ޑިޕާޓުމެންޓުގެ ޓީމެއް މިއަދު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކޮށްފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން މި ޓީމުން ވަނީ ދުވާފަރު، މާކުރަތު،  އަދި އިނގުރައިދޫ ހެލްތު ސެންޓަރަށް ޒިޔާރަތްކޮށްފައެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނި ގޮތުގައި އެ ބޭފުޅުންގެ ޒިޔާރަތުގައި ހޮސްޕިޓަލާއި އެކި ހެލްތު ސެންޓަރުތައް މަސައްކަތްކުރާ ގޮތް އެ ޓީމުން ބައްލަވާލެއްވިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތު ދިން ގޮތުގައި އެ ޓީމުގެ މައިގަނޑު މަޤުސަދަކީ މިނިސްޓްރީގެ ކުރިއަށް އޮތް 5 އަހަރުގެ ސިއްޙީ ދާއިރާގެ ނެޝަނަލް ސްޓްރެޖިކް ޕްލާން ރިވިއު ކުރުމެވެ.

ޑަބްލިއުއެޗްއޯ އަދި މިނިސްޓްރީގެ ޓީމް އުނގޫފާރު ރީޖަނަލް ހޮސްޕީޓަލަށް ޒިޔާރަތްކުރުން

އަދި މީގެ އިތުރުން މި ޒިޔާރަތުގެ ބޭނުމަކީ ޑަބްލިއުއެޗްއޯގެ އެޗްއާރް އެޑްވައިޒާރގެ ފަރާތުން ހޮސްޕިޓަލާއި ހެލްތު ސެންޓަރުތައް ފަދަ އެކި ލެވެލްގެ ސިއްޙީ ޚިދުމަތްދޭ ތަންތައް ބައްލަވާލައްވާ އެތަންތަނުގައި މިހާރު ތިބި މުވައްޒަފުނާއެކު އެތަންތަން ހިންގާ ގޮތް ދެނެގަނެ ހޯއްދަވާ މަޢުލޫމާތުގެ އަލީގައި މިނިސްޓްރީއަށް އެަތަންތަނުގެ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ޓެކްނިކަލް ލަފާއެރުއްވުމެވެ.

ކުރިއަށް އޮތް 5 އަހަރު މިނިސްޓްރީން ސިއްޙީ ޚިދުމަތްދޭ ތަންތަން ހަރުދަނާ ކުރުމަށް ޑަބްލިއުއެޗްއޯގެ ލަފާއާ އިރުޝާދުގެ ބޭނުން ހިފާނެ ކަމަށް ޔޫއާރްއެޗް އިން މަޢުލޫމާތުދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close