ޙަބަރުރ.އަތޮޅު

އިންނަމާދޫ ބޯޓު ފަޅުތެރެއަށް އަޑިއަށް ދަނީ

ރ.އިންނަމާދޫ “މިހިރީ 5” ބޯޓު އެރަށު ފަޅުތެރެއަށް އަޑިއަށް ދާތީ އެ ރަށު ރައްޔިތުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އިންނަމާދޫ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި ބޯޓު ދިޔަވާން ފަށާފައި ވަނީ މިއަދު މެންދުރު އިންނަމާދޫ ފަޅަން ވަންނަން އުޅުމުގެ ތެރޭގައި ނެރު ފައިކަށީގައި ބޯޓު ޖެހިގެން ލިބުނު ގެއްލުމަކުން ކަމަށް ލަފާކުރެވެއެވެ.

“މިހިރީ 5” ބޯޓަކީ އިންނަމާދޫ އާއި މާލެއާ ދޭތެރޭ ދަތުރުކުރާ ފަސިންޖަރުންނާއި މުދާ އުފުލާ ބޯޓެކެވެ. ރޭ މާލެއިން ފުރި މި ބޯޓު އިންނަމާދޫ އަށް ލަފާފައި ވަނީ މިއަދު ހެނދުނު ކަމަށް އިންނަމާދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.

ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި ބޯޓު އަޑިއަށް ދާން ފެށީ ރަސްމާދޫ އަށް ގޮސް މުދާ ބޭލުމަށް ފަހު އެނބުރި އިންނަމާދޫ އަށް އައިސް އެރަށު ފަޅަށް ބޯޓު ވަދެފައި ވަނިކޮށެވެ.

ބޯޓު ސަލާމަތްކުރުމަށް އިންނަމާދޫ ރައްޔިތުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެއެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފް އިން އެރަށަށް ދަތުރު ކުރަމުން ދާ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

(އިތުރު ތަފުސީލް އަންނަނީ)

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close