ޙަބަރު

ސުޕަރ ވިޝަން އޮޕްޓިކަލްގެ ލޮލުގެ ކޭންޕް ރ.އަތޮޅުގެ އެކި ރަށްރަށުގައި ކުރިއަށް ދަނީ

ސުޕަ ވިޝަންް އޮޕްޓިކަލްގެ ލޮލުގެ ޙާއްސަ ކޭންޕެއް ރ.އަތޮޅުގެ އެކި ރަށްރަށުގައި ފެށިގެން ކުރިއަށް އެބަދެއެވެ. މިމަހު 18 ވަނަ ދުވަހުން ފެށިގެން ސުޕާރ ވިޝަން އޮޕްޓިކލްގެ ފަރާތުން ރ.އަތޮޅުގައި ހަރަކާތްތެރި ވަމުން އަންނަ އިރު މިހާތަނަށް އަލިފުށި، ވާދޫ، ރަސްގެތީމް، އަނގޮޅިތީމް، ހުޅުދުއްފާރު، މަޑުއްވަރި އަދި މީދޫގައި ވަނީ މި ކޭންޕު ކުރިއަށް ގެންގޮސްފައެވެ.

ސުޕަވިޝަންގެ ލޮލުގެ ކޭންޕު މާދަމާގެ މަންޒިލަކީ ފައިނު އަދި ކިނޮޅަހެވެ. ހެނދުނު 9:00 ން މެންދުރު 12:00 އަށ ފައިނު ހެލްތު ސެންޓަރުގައި އަދި މެންދުރު ފަހު 13:00 ން 17:00 ކިނޮޅަހު ހެލްތު ސެންޓަރުގައި މި ކޭންޕް ކުރިއަށް ދާނެއެވެ.

މީގެ އިތުރުން ފެބްރުއަރީ 28 ވަނަ ދުވަހު ހެނދުނު 09:00 މެންދުރު ފަހު 13:00 އަށް ރ.އިނގުރައިދޫގައި، މާރޗް 2 ވަނަ ދުވަހު ހެނދުނު 9:00 ން 11:00 އަށް އިންމާދޫގައި، ހަމަ އެދުވަހު މެންދުރު ފަހު 13:00 ން 15:00 އަށް ރަސްމާދޫގައި، މާރްޗު 3 ވަނަ ދުވަހު ހެނދުނު 9:00 ން މެންދުރު 12:00 އަށް މާކުރަތުގައި މާރޗް 4 ވަނަ ދުވަހު ހެނދުނު 9:00 ން 13:00 އަށް ދުވާފަރުގައި، އަދި މާރޗް 5 ވަނަ ދުވަހު ހެނދުނު 9:00 ން ރޭގަނޑު 21:00 އަށް  އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މި ކޭންޕު ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ސްޕަރ ވިޝަން އޮޕްޓިކަލުން މަޢުލޫމާތުދޭ ގޮތުގައި މި ކޭންޕުގައި ލޮލުގެ ފެނުން ތަހުލީލް ކުރުމާއި، ލޮލަށް ދިމާވާ އެކި މައްސަލަތަކާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމާއި، ލޮލުގެ މައްސަލަތަކުގައި އިތުރަށް ފަރުވާތެރިވާން ޖެހޭ ކަންތައްތަކާއި، އިތުރަށް ފަރުވާ ހޯދާނެ ގޮތުގެ އިރުޝާދު ދިނުން އޮންނާނެއެވެ.

މީގެ އިތުރުން މި ކޭންޕުގައި ކޮމްޕިއުޓަރައިޒްޑް އައި ޓެސްޓިން، އޮޕްޓިކަލް ޑިސްޕެންސަރީ، ކޮންޓެކްޓް ލެންސް ކުލިނިކް، ފަންގަސް އެގްޒާރމިނޭޝަން، ޑައިބެޓިކް އައި ސްކްރީނިން، ކަލަރ ޑިފިސިއެންސީ ޓެސްޓުކުރުން ފަދަ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ސްޕާރ ވިޝަން އޮޕްޓިލް އިން މަޢުލޫމާތުދެއެވެ.

ސްރީލަންކާގެ ލޮލުގެ ޙާއްސަ ޑޮކްޓަރެއް ފަރުވާދެއްވާ މި ކޭންޕުގައި ސްކޫލް ކުދިންނަށް 10 % ޑިސްކައުންޓު ލިބިގެންދާނެ ކަމަށާއި ހައްދާ ކޮންމެ އައިނަކަށް 1000ރ އާސަންދައިގެ ގޮތުގައި ލިބޭނެއެވެ. މި ކޭންޕްގައި ލޯ ޓެސްޓްކުރުމާއި ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ލިބިގެންދާނީ މުޅިން ހިލޭއެވެ.

އައިނު ހައްދާތާ 20 ދުވަހުގެ ތެރޭގައި އަމިއްލަ ރަށުން އައިނު ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި އައިނަށް ދައްކަން ޖެހޭ އަގުގެ ދެބައިކުޅަ އެއްބައި އައިނު އަތަށް ލިބުމުން ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ސްޕާރ ވިޝަން އޮޕްޓިކަލް އިން މަޢުލޫމާތުދެއެވެ.

މި ކޭންޕްގައި ބައިވެރިވާން ވަޑައިގަންނަވާ ފަރާތްތަކުން އައިޑީކާޑާއި ކުރިން ބޭނުންކުރާ އައިނެއް އޮތް ނަމަ އައިނު ހިއްޕަވައިގެން ވަޑައިގެންނެވުމަށް ސްޕާރ ވިޝަން އޮޕްޓިކަލުން ކޮށްފައިވާ އިއުލާނެއްގައި އެދިފައިވެއެވެ.

މި ކޭންޕްގައި ބައިވެރިވުމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ކައުންޓަރުން އަދި 9160553 މި ނަންބަރު ފޯނަށް ގުޅައިގެން ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ފުރިހަމަ ނަމާއި، އެޑުރެހާއި، ރަށުގެ ނަން ޖައްސަވާފައި 9998256 އަށް މެސެޖުކުރައްވައިގެން ވެސް މި ކޭންޕުގައި ބައިވެރިވުމަށް ނަންނޯޓު ކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close