ޙަބަރުރ.އަތޮޅު

ބޯޓުގެ ބޮޑުބައި ފެނު އަޑީގައި – ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް

ރ.އިންނަމާދޫ ފަޅުތެރެއަށް އަޑިއަށް ދާން ފެށި އެ ރަށު “މިހިރީ 5” ބޯޓުގެ ބޮޑުބައި ފެނުއަޑިއަށް ގޮސްފިއެވެ. އިންނަމާދޫ އިން މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި ބޯޓު ސަލާމަތް ކުރުމުގެ މަސައްކަތް ފުލުހުންނާއި އާންމުން ގުޅިގެން ހުއްޓުމެއް ނެތި ކުރިއަށް އެބަދެވެ.

ބޯޓުގެ ބޮޑުބައި ފެނުގެ އަޑިއަށް ގޮސްފައިވާ އިރު ބޯޓުގައި ހުރި މުދަލުގެ ތެރެއިން ސަލާމަތް ކުރެވުނީ ވަރަށް މަދު އެއްޗެއް ކަމަށް އިންނަމާދޫ އިން މަޢުލޫމާތު ދިން މީހަކު ބުންނެވެ.

އިންނަމާދޫގެ “މިހިރީ 5” ބޯޓު އަޑިއަށް ދާން ފެށުމުން ބޯޓުން ސަލާމަތް ކުރެވުނު މުދާ

“ބޯޓު ސަލާމަތް ކުރުމަށް ބޯޓުގައި ހަން އަޅުވައިގެންނާއި، ވާ ޖަހައިގެންނާއި، ދިޔަ ހިއްކާ ޕަންޕުތައް ބޭނުންކޮށްގެން ކުރެވުނު މަސައްކަތެއް ކުރަމުން ދަނީ” އިންނަމާދޫ އިން މަޢުލޫމާތު ދިން މީހަކު ބުންޏެވެ.

އިންނަމާދޫ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި ބޮޑަށް ލަފާކުރެވެނީ ބޯޓު ދިޔަވާން ފަށާފައި ވަނީ މިއަދު މެންދުރު އިންނަމާދޫ ނެރުން ވަނުމަށް ބޯޓު އަނބުރާލި ވަގުތު އިންނަމާދޫ ނެރު ފައިކަށީގައި ޖެހި ލިބުނު ގެއްލުމުގެއްގެ ސަބަބުންނެވެ.

“މިހިރީ 5” ބޯޓަކީ އިންނަމާދޫ އާއި މާލެއާ ދޭތެރޭ ދަތުރުކުރާ ފަސިންޖަރުންނާއި މުދާ އުފުލާ ބޯޓެކެވެ. ރޭ މާލެއިން ފުރި މި ބޯޓު އިންނަމާދޫ އަށް ލަފާފައި ވަނީ މިއަދު ހެނދުނު ކަމަށް އިންނަމާދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.

ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި ބޯޓު ދިޔަވާން ފެށީ ރަސްމާދޫ އަށް ގޮސް މުދާ ބޭލުމަށް ފަހު އެނބުރި އިންނަމާދޫ އަށް އައިސް އެރަށު ފަޅުގައި ބޯޓު ބަނދަރުކުރި ފަހުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close