ޙަބަރު

އުނގޫފާރު ސްކޫލްގެ ދަރިވަރުން ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

އުނގޫފާރު ސްކޫލްގެ ކީ ސްޓޭޖް 1 ނުވަތަ ގްރޭޑު 1، 2 އަދި 3 ގެ ދަރިވަރުން އުނގޫފާރު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ ހެނދުނު ކުރިއަށް ދިޔަ މި ހަރަކާތުގައި ދަރިވަރުންގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިން ވެސް ބައިވެރިވިއެވެ. އުނގޫފާރު ސްކޫލުން މަޢުލޫމާތު ދިން ގޮތުގައި މި ހަރަކާތަކީ އެންވާރަމެންޓް ސްޓަޑީޒްގެ ދަށުން ދަރިވަރުން ކިޔެވި ތީމް އެއް ކަމުގައިވާ “އެންވާރަމެންޓް އެންޑް ލިވިންތިންގް” (ތިމާވެއްޓާއި ދިރޭ ތަކެތި) މި ތީމްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އުނގޫފާރުގެ ރަށުތެރެއާ ގޮނޑުދޮށް ސާފުކޮށް ބެހެއްޓުމަށްޓަކައި ފަރުދީ ޒިންމާ އުފުލުމާއި އެކަމުގެ މުހިންމުކަން ދަރިވަރުންނަށް ސްކޫލް ދައުރުއްސުރެ ދަސްކޮށްދީ މި ކަމުގެ އާދަ ދަރިވަރުންގެ ކިބާގައި އަށަގެންނެވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close