ޙަބަރު

ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭ ސެމިނާރެއް އުނގޫފާރުގައި ފެށިގެން ކުރިއަށް ދަނީ

ކުޑަކުދިންގެ ހައްޤުތަކާ ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭ ސެމިނާރެއް އުނގޫފާރުގައި ފެށިގެން ކުރިއަށް އެބަދެއެވެ. މާރޗް 1 ވަނަ ދުވަހު ފެށި މި ސެމިނާރ 6 މާރޗްގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ރ.އަތޮޅުގެ ރަށްރަށުގެ މެޖިސްޓްރޭޓު ކޯޓުތަކުންނާއި، ސްކޫލްތަކުންނާއި، ރ.އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވާ މި ސެމިނާރ ކުރިއަށް ދަނީ ކުލަބް ޔޫތުސްޓަރގެ ހޯލުގައެވެ.

މި ސެމިނާރުގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާއި، ޤާނޫނާ ޚިލާފުވާ 18 އަހަރުން ދަށުގެ ކުދިންގެ ޙާލަތާއި، އ.ދ ގެ ކުޑަކުދިންގެ ހައްޤުތަކާ ބެހޭ މުޢާހަދާ – ކޮންވެންޝަން އޮންދަ ރައިޓްސް އޮފް ޗައިލްޑް (ސީއާރްސީ)، ކުޑަކުދިންގެ ޢަދުލު ހިންގުމުގައި އ.ދ އިން ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑާއި، ކުޑަކުދިން ކުއްކުރުމުން ދުރު ކުރުމަށް އ.ދ ގެ ގައިޑްލައިންސް އާ ބެހޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ދޭނެއެވެ.

މީގެ އިތުރުން ބަންދުގައި ތިބޭ ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމުގެ އ.ދ ގެ ޤަވާއިދާއި، 18 އަހަރުން ދަށުގެ ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ އިރު މުޢާމަލަތް ކުރަން ޖެހޭ ގޮތްތަކާއި، ރެސްޓޮރޭޓިވް ޖަސްޓިސް އާ ބެހޭ މަޢުލޫމާތާއި އަދި މިނޫނަސް ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭ ގިނަ މަޢުލޫމާތު ތަކެއް މި ސެމިނާރުގައި ބައިވެރިންނަށް ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޖުޑިޝަލް އެކަޑެމީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ސެމިނާރުގައި ޤާނޫނީ ވަކީލުންނާއި ޤާނޫނީ ދާއިރާގެ ފުންނާބު އުސް ބޭފުޅުން މަޢުލޫމާތު ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close