ޙަބަރުރ.އަތޮޅު

އޮޕެރޭޝަން 21 ގެ ނަމުގައި ފުލުހުން ރ.އަތޮޅުގައި ޙާއްސަ އޮޕެރޭޝަންތަކެއް ކުރިއަށް ގެންގޮސްފި

ފުލުހުން ކުރިއަށް ގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ތަކުގެ ތެރެއިން ރ.އަތޮޅުގައި މަސައްކަތް ކުރާ ފުލުހުން އެ އަތޮޅުގައި އޮޕެރޭޝަން 21 ގެ ނަމުގައި ޙާއްސަ އޮޕެރޭޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި އޮޕެރޭޝަންތައް ކުރިއަށް ދިޔައީ ފެބްރުއަރީ 8 ވަނަ ދުވަހުން ފެށިގެން މާރޗް 4 އަކަށެވެ.

ފުލުހުންގެ ހަބަރުތައް ގެނެސްދޭ “ޕޮލިސްލައިފްއެމްވީ” ވެބްސައިޓްގައި ފުލުހުން ބުނެފައިވާ ގޮތުގައި އޮޕެރޭޝަން 21 ގެ މައިގަނޑު މަޤުސަދަކީ ރ. އަތޮޅުގެ ރަށްތަކަކީ ކުށްމަދު އަމާންވެއްޓެއް ޤާއިމުވެފައިވާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށްތަކަކަށް ހެދުމާއި، ރައްޔިތުންނަށް ދިމާވާ އެކިކަންކަމުގައި ފުލުހުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމާއި، ފުލުހުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި ގުޅޭ މައުލޫމާތު ރ. އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނާ ހިއްސާކުރުމާއި ރައްޔިތުންނާއި ފުލުހުންނާއި ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމެވެ.

މި އޮޕެރޭޝަންތައް ކުރިއަށް ގެންދިއައީ ފުލުހުންގެ ޚިދުމަތް މިހާތަނަށް ޤާއިމްވެފައި ނުވާ ރ.އަތޮޅުގެ 9 ރަށް ކަމުގައިވާ ވާދޫ، ރަސްގެތީމު، ހުޅުދުއްފާރުގެ، މާކުރަތު، ރަސްމާދޫ، އިންނަމާދޫ، ކިނޮޅަސް އަދި ފައިނުގައެވެ.

އެ ރަށްރަށަށް ފުލުހުން ވަޑައިގެން އެރަށްރަށުގެ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމާއި ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމާއި އަދި އެރަށްރަށުގައި ހިންގާ ސައިހޮޓާ ކެފޭ ފަދަ ތަންތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ އިތުރުން ރަށު ކައުންސިލްތަކާއި އެރަށްރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއިއެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިޔައެވެ.

އޮޕެރޭޝަން 21 ގެ ދަށުން  ފުލހުން 239 އެއްގަމު އުޅަނދެއް ބަލައިފާސްކޮށްފައިވެއެވެ. ފުލުހުން ފާސްކުރި އުޅަނދުތަކަކީ އެއްގަމު އުޅަނދު ދުއްވުމުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދު ތަކެއްތޯ ބެލުމާއި، އަދި އެއްގަމު އުޅަނދުގެ އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމާއި އަދި ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލާ، ޤަވާއިދާ ޚިލާފުވި 15 ފަރާތަކަށް ފިޔަވަޅު އަޅައި ނަސޭހަތްތެރިވެފައިވާނެ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އޮޕެރޭޝަން 21 ގެ ދަށުން 211 ގެއަކަށް ޒިޔާރަތްކޮށް އާންމު ރައްޔިތުން ސަމާލުކަންދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަފައިވާނޭ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި 73 ފިހާރައަށާއި، ސައިހޮޓާ އަދި ކެފޭ ފަދަ 20 ތަނަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމު ކަމާއި، އަދި އެނޫނަސް އެތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި އަދި ފިހާރަތަކުގައި ކުށެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައި ވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އެރަށްރަށުގެ ރަށު ކައުންސިލްތަކާއި އެރަށްރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް 14 ބައްދަލުވުމެއް ބާއްވާ، މި ބައްދަލުވުންތަކުފައި ކުށް މަދު ކުރުމަށް ކުރެވިދާނެ ކަންކަމާއި އެ މުއައްސަސާތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވާނޭ ކަމަށް ފުލުހުން ބެނެފައިވެއެވެ.

އޮޕެރޭޝަން 21 ގެ ދަށުން ކުށްތައް ހިނގާފާނެ ކަމަށް ބެލެވޭ 62 ތަނެއް ބަލައިފާސްކުރުމުގެ އިތުރުން 36 މީހަކު ބަލައިފާސްކޮށްފައިވެއެވެ. އަދި އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ހޯދުމަށް އަންނަ ކޯލްތަކައް ސަމާލްވެ ރައްކާތެރިވުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ބަޢުލޫމާތު ފޯރުކޮށްދީފައި ވާނޭ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
2 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
2 Comment authors
Thaga ammathakuru Recent comment authors
Thaga amma
Guest
Thaga amma

Eya kiyaanee neighbourhood policing

thakuru
Guest
thakuru

thi opperation in faidhaaeh kurihen hiyeh nuvey

Close