ޙަބަރުރަށު ފުޓުބޯޅަކުޅިވަރު

“ވެސްޓް ބީޗް – ތިޔަމަސް އެކްސް ފްޓްސަލް ޗެލެންޖް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތިޔަމަސް އެކްސް އިން އުނގޫފާރުގެ ޒުވާނުންނަށް ފްޓްސަލް މުބާރާތެއް ބޭއްވުމަށް އިއުލާނުކޮށްފިއެވެ. މިމުބާރާތަކީ އުނގޫފާރުގެ ޒުވާނުންގެ މެދުގައި ފުޓުސަލް އާލާކުރުމާ އަދި ޒުވާނުން ފްޓްސެލަށް ޝައުގު ވެރިކުރުމާއި އުނގޫފާރުގެ ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަން އިތުރަށް ބަދަހި ކުރުމުގެ ގޮތުން ތިޔަމަސް އެކްސް ޓީމް އިން ހިންގާ މުބާރާތެކެވެ.

ވެސްޓު ބީޗު ތިޔަމަސް އެކްސް ފުޓުސަލް ޗެލެންޖު ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އުނގޫފާރު އިޖުތިމާއީ މަރުކަޒުގެ ފުޓުސަލް ދަނޑުގައެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 5 މާޗު އިން ފެށިގެން ތިޔަމަސް އެކްސް ފޭސް ބުކް ޕޭޖްއިން ލިބެންހުންނާނެއެވެ. ބައިވެރިވުމަށް 1000 ރުފިޔާ ދައްކަންޖެހޭ މިމުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ 12 މާޗު 2019 ވާ އަންގާރަ ދުވަހުއެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 20 މާޗު 2019 ވާ ބުދަ ދުވަހުއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 8000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 2500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ވެސްޓް ބީޗެވެ.

ތިޔަމަސް އެކްސް ޓިމަކީ އުނގޫފާރުގެ ފުޓުބޯޅައިގައި އެންމެ ވަރުގަދަ އަދި އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވާ ޓީމެވެ. އެގޮތުން އުނގޫފާރުގައި ބޭއްވުނު ފުޓުބޯޅަ އަދި ފުޓުސަލް މުބާރާތްތަކުގައި ބައިވެރިވެ ގިނަ މުބާރާތްތަކެއްގެ ޗެމްޕިއަންކަން ވަނީ ހޯދާފައެވެ. އަދި ޒުވާނުން ކުޅުންތެރިން ތަމްރީނުކުރުމުގައި އިސްރޯލެއް އަދާކުރާ ޓީމެކެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close