ކޮވިޑް-19

ޚަބަރުރ.އަތޮޅު

މަސްތުވާތަކެއްޗާއެކު ރ.އަތޮޅުގެ ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ އެކު ރ.އަތޮޅުގެ ރިސޯޓަކުން މީހަކު ހައްޔަރުކޮށްފިއެވެ. މާރޗް 3 ވަނަ ދުވަހު ރ.އުނގޫފާރު ޕޮލިސްޓޭޝަނުން ހިންގި ޙާއްސަ އޮޕެރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ މީހެކެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު ޙާއްސަ މަޢުލޫމާތަކާ ގުޅިގެންނެވެ. ފުލުހުން ހާމަކުރި ގޮތުގައި އުނގޫފާރު ޕޮލިސްޓޭޝަނާ ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ޙާއްސަ އޮޕެރޭޝަނެއްގައި، އެ ރިސޯޓުގައި އެމީހާ ދިރިއުޅޭ ކޮޓަރި ބަލާ ފާސްކުރުމުން މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 22 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި މީހާ ހައްޔަރުކޮށްފައި ވަނީ ކޮން ރިސޯޓަކުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނި ގޮތުގައި މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން މިހާރު ވަނީ އޭނާ  ދޫކޮށްލާފައެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close