ޙަބަރުރ.އަތޮޅު

ހުޅުދުއްފާރުގެ 24 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފަހަގަކުރަނީ

ހުޅުދުއްފާރުގައި މީހުން ދިރިއުޅެން ފެށިތާ 24 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރަން ހުޅުދުއްފާރު ކައުންސިލުން ނިންމައިފިއެވެ.

ހުޅުދުއްފާރުގައި މީހުން ދިރިއުޅެން ފެށިތާ 24 އަހަރު 13 މާރޗް 2019 ވާ ބުދަ ދުވަހަށް ފުރޭ އިރު އެ ދުވަހު ހުޅުދުއްފާރު ކައުންސިލުން ވަނީ އުމުރުން 40 އަހަރުން މަތީގެ ބޭފުޅުންނަށް ޙާއްސަ ފުޓްސަލް މެޗެއް ބޭއްވުމަށް ނިންމާފައެވެ. މި މެޗް ކުރިއަށް ދާނީ އެ ދުވަހު ހަވީރު 4:30 ގައި ހުޅުދުއްފާރު ފުޓްސަލް ދަނޑުގައެވެ.

މީގެ އިތުރުން  13  ވަނަ ދުވަހު ހެނދުނު 6:00 ގައި ދުވަހާ ގުޅޭ ޙާއްސަ ހިނގާލުމެއް ބާއްވާ ގޮތަށް ވަނީ ހަމަ ޖެހިފައެވެ. މި ހިނގާލުމުގެ ތީމް ކުލަ އަކީ ނޫ ކުލައެވެ.

ދުވަހާ ގުޅޭ ރަސްމީ ކުޅިވަރުތަކާއި އައިޓަމްތައް ފަށަން ހަމަޖެހިފައި ވަނީ 16 މާރޗް 2019 ވާ ހޮނިހިރު ދުވަހު ހެނދުނު 8:00 ގައެވެ. ދުވަހާ ގުޅިގެން ރޭވިފައިވާ މޫދު ކުޅިވަރުތަކާއި ބީޗް ކުޅިވަރުތައް ހެނދުނު 8:30 ގައި ފެށިގެން ދާނެއެވެ. ދުހުގެ ޙާއްސަ ކުޅިވަރުތަކުގެ ތެރެއިން އެ ދުވަހު ހެނދުނު 10:30 ގައި ބޮއްކުރާ ރޭހެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދުވަހުގެ ރަސްމީ ޖަލްސާ 16 ވަނަ ދުވަހުގެ ރޭ 8:30 ގައި ހުޅުދުއްފާރު ސްކޫލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރެވެ.

ހުޅުދުއްފާރަކީ ރ. އަތޮޅުގައި މިހާރު މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެއް ނަމަވެސް މި ރަށަކީ 1993 ގެ ކުރިން ފަޅުރަށެކެވެ. 1993 ވަނަ އަހަރުން ފެށިގެން މީހުން ދިރިއުޅެންފެށި ކަމުގައިވީނަމަވެސް މިރަށަކީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ރަސްމީކޮށް އިޢުލާން ކޮށްދެއްވީ 1995 ވަނަ އަހަރުގެ މާރޗް މަހު 13 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއިސްތާޛް މައުމޫން ޢަބްދުލްޤައްޔޫމެވެ. މި ރަށުގައި އާބާދުވެފައި ވަނީ ކުރިން ރ. އުނގުލާއި، ރ. ގާއުނޑޫދޫގައި ދިރިއުޅުނު މީހުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close