ޙަބަރު

އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް އުނގޫފާރުގައި ޙާއްސަ ހަރަކާތްތަކެއް ބާއްވައިފި

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުނގޫފާރުގައި ޙާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އަންހެން މުވައްޒަފުން އިންތިޒާމްކޮށްގެން އުނގޫފާރުގެ އަންހެން ކަނބަލުންނާ ގުޅިގެންނެވެ.

އަންހެނުން ދުވަސް ފާހަގާ ކުރުމުގެ ގޮތުން ހުކުރު ދުވަހު ހެނދުނު ވަނީ ޙާއްސަ ބަށި މެޗެއް ކުޅެފައެވެ. މި ބަށި މެޗުގައިވާދަކުރީ ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އަންހެން މުވައްޒަފުންގެ ޓީމަކާ ރަށުތެރެއިން ހޮވާލެވުނު އުނގޫފާރު އަންހެން ކަނބަލުންގެ ޓީމެކެވެ. މި މެޗް ކާމިޔާބު ކުރީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޓީމެވެ.

މީގެ އިތުރުން އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ދުވަހު ހަވީރު ވަނީ ޙާއްސަ ވޮލީ މެޗެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ވޮލީ މެޗުގައި ވާދަކުރީ އުނގޫފާރު ރިޖަނަލް ހޮސްޕިޓަލުގެ އަންހެން މުވައްޒަފުންގެ ޓީމަކާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އުނގޫފާރު އައުޓްރީޗް ސެންޓަރުގައި ނަރުސް ކޯސް ކިޔަވަމުންދާ ދަރިވަރުންގެ ޓީމެކެވެ. މި މެޗް ކާމިޔާބު ކުރީ ނާސިން ދަރިވަރުންގެ ޓީމެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ވަނީ ޙާއްސަ ހިނގާލުމެއް ވެސް ބާއްވާފައެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އަންހެން މުވައްޒަފުން އިންތިޒާމް ކުރި މި ހިނގާލުން ފަށާފައި ވަނީ މިއަދު ހަވީރު 4:30 ގައި ހޮސްޕޓަލު ކުރިމަތިންނެވެ. އަންހެނުން ދުވަހުގެ މިއަހަރު ޝިއާރު ހިމެނޭ ބެނާ އާ އެކު އުނގޫފާރު މަގުތަކުގައި ކުރިއަށް ގެންދިޔަ މި ހިނގާލުން ނިންމާލީ 5:30 ގައި ހޮސްޕިޓަލް ކުރިމައްޗަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އަންހެން މުވައްޒަފުންގެ ފަރާތުން އުނގޫފާރު.ކޮމް އަށް މައުލޫމަތު ދިން ގޮތުގައި މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ އަންހެނުން ބާރުވެރިކުރުމާ ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ހަމަހަމަކަން ހޯދައިދިނުމަށް ގޮވާލާ އަޑުއުފުލުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close