ޙަބަރު

ކަތީބު ބަކުރުބެ ނިޔާވެއްޖެ

އުނގޫފާރުގެ ކުޑަ ކަތީބުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ ރ.އުނގޫފާރު، ދިލްބަހާރުގެ، އަބޫބަކުރު އިބްރާހިމް (ކަތީބު ބަކުރުބެ) ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވާފިއެވެ. ކަތީބު ބަކުރުބެ ނިޔާވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގައެވެ.

އުނގޫފާރު ކުޑަކަތީބު ކަމުގެ އިތުރުން އިމާމު ކަން ވެސް ކުރައްވާފައިވާ ބަކުރުބެ ނިޔާވީ ގިނަ ދުވަސްތކަކެއް ބަލިހާލުގައި އުޅުއްވުމަށް ފަހު އުމުރުން 86 އަހަރުގައެވެ. ބަކުރުބެގެ ކަށުނަމާދު އޮތީ މިއަދުގެ މެންދުރު ނަމާދަށް ފަހު އުނގޫފާރު މަސްޖިދުއް ތަރާވީހްގައެވެ.

ކަތީބު ބަކުރުބެ އަކީ ދިވެހި ދަޢުލަތައް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އެންމެންނާ ގުޅޭ މަޑުމައިތި ހިތްހެޔޮ މިޒާހެއްގެ ބޭފުޅެކެވެ.

މާތްﷲ ބަކުރުބެގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވާ ސުވާރުގޭގެ މަތިވެރި ނިޢުމަތް ދެއްވާންދޭވެ. އަދި ޢާއިލާއަށް ކެއްތެރިކަން ދެއްވާންދޭވެ.އާމިން.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
H mahir Recent comment authors
H mahir
Guest
H mahir

Varah dherakoh thiothee maruhoomge badhalugai fenanee ehen mooneh

Close