ޙަބަރުރ.އަތޮޅު

ރ އަތޮޅުގައި އިތުރު 2 ރިސޯޓް ހުޅުވައިފި

ރ.ފާރުފުށީގައި ތަރައްޤީކޮށްފައިވާ ފާރަފުށި މޯލްޑިވްސް ރިސޯޓް އަދި ރ.އުތުރު މާފަރުގައި ތަރައްޤީކޮށްފައިވާ ޔޫ އެންޑް މީ ކޮކޯން މޯލްޑިވްސް ރިސޯޓް ހުޅުވައިފިއެވެ.

ކޮކޯން މޯލްޑިވްސް އިން ތަރައްޤީ ކުރި ޔޫ އެންޑް މީ ކޮކޯން މޯލްޑިވްސް ހުޅުވާފައި ވަނީ މާރޗް އެއް ވަނަ ދުވަހުއެވެ. މި ރިސޯޓުގައި 99 ވޯޓާ ވިލާ އާއި 10 ޕޫލް ވިލާ އާއި 5 ރެސްޓޯރެންޓް އަދި ސްޕާއެއް ހުންނާނެއެވެ. ރޮމާންޓިކް ބީޗް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރާ މި ރިސޯޓުގެ އެންމެ ޙާއްސަ އެއް ސިފައަކީ “އެޗް ޓޫ އޯ” ގެ ނަމުގައި ތަރައްޤީކޮށްފައިވާ މޫދު އަޑީގެ ރެސްޓޯރެންޓެވެ.

ޔުނިވަސަލް ރިސޯޓްސް އިން ޕްރައިވެޓް އައިލެންޑެއް ގޮތުގައި ތަރައްޤީ ކުރި ފާރުފުށި މޯލްޑިވްސް ހުޅުވާފައި ވަނި މިދިޔަ ހަފުތާއެވެ. މި ރިސޯޓްގައި 37 ބީޗް ރިޓްރީޓް ވިލާ އާއި، 39 އޯޝަން ރިޓްރީޓް ވިލާ އާއި، 10 ބީޗް ބަނގުލޯ އާއެކު ޖުމްލަ 80 ވިލާ ހުރެއެވެ.

އަލަށް ހުޅުވި 2 ރިސޯޓާއެކު ރ.އަތޮޅުގައި މިހާރު 10 ރިސޯޓް އޮޕެރޭޓް ކުރެއެވެ. އަދި އިތުރު ރިސޯޓުތައް މިއަހަރު ހުޅުވިގެންދާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close