ޙަބަރުމަޖިލިސް އިންތިހާބު 2019ސިޔާސީ

ކްލަބް ޔޫތު ސްޓަރ އިން ވައްޑޭ އާއި ބައްދަލުކޮށްފި

އެޖެންޑާ19

ކުރިއަށް އޮތް 19 ވަނަ ރަށްޔިތުންގެ މަޖިލިސް އިންތިހާބުގައި އުނގޫފާރު ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ވަހީދު (ވައްޑޭ) އާއި ކްލަބް ޔޫތު ސްޓަރ އިން ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ ހޮނިހިރު ދުވަހުގެރޭ 20:30 ގައި ކްލަބް ޔޫތު ސްޓަރގެ ކޮންފަރެންސް ހޯލުގައެވެ.

އުނގޫފާރުގައި ހުރި އިޖުތިމާއީ މައްސަލަތަކާއި ބެހޭގޮތުން ނާއި ކްލަބް ޖަމިއްޔާތަކަށް ޤާނޫނުން ލިބިދޭ ބާރުތަކާއި ޒިންމާތަކާއި ބެހޭގޮތުން ކްލަބުން ދެކޭގޮތް އަދި ހުރި ކަންބޮޑުވުންތައް މިބައްދަލުވުުގައި ވަހީދު އާއި ހިއްސާކޮށްފައިވެއެވެ. ކްލަބުން ހުށައެޅި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ވަހީދު ވިދާޅުވީ “އެޖެންޑާ19” ގައި މިކަންކަމަށް ހައްލުހޯދައިދިނުމަށް ހިމެނިފައިވާނެކަމަށެވެ. އެގޮތުން ކްލަބް ޖަމިއްޔާތަކަށް އިދާރީ ފީއެއް ދިނުމަށާއި ޤާނޫނީގޮތުން މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމަށް ހިމަނާފައިވާ ކަމަށެވެ. އަދި އުނގޫފާރުގެ އިގްތިސާދަށް އެޖެންޑާ19 އިން ލިބިގެންދާނެ ފަހިފުރުސަތުތަކުގެ މައުލޫމާތުވެސް ހިއްސާކުރިއެވެ.

މީގެ އިތުރުން ކްލަބްގެ 25 އަހަރުގެ ތާރީހުގައި ހިންގާފައިވާ ބައެއް ހަރަކާތްތަކުގެ މައުލޫމާތާއި ކުރިއަށް ރޭވިފައިހުރި ހަރަކާތްތަކުގެ މައުލޫމާތުވެސް ވަހީދު އާއި ހިއްސާކުރިއެވެ.

ބައްދަލުވުން ނިންމާލައްވަމުން ވަހީދު ވިދާޅުވީ މާތްﷲ ގެ އިރާދަފުޅުން އިންތިހާބު ކާމިޔާބު ވެއްޖެނަމަ ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންކަމަށް މަޖިލިސްތެރެއިން ޤާނޫނީ ހައްލުހޯދައިދިނުމަށް އިހުލާސްތެރިކަމާއެކު މަސައްކަތްކުރާނެކަމަށާއި ފަރުދީގޮތުން އަބަދުވެސް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މިބައްދަލުވުމުގައި ވަހީދުގެ ކެމްޕެއިންޓީމުގެ އިސްފަރާތްތަކާއި ކްލަބް ޔޫތު ސްޓަރގެ އިސްފަރާތްތައް ބައިވެރިވިއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close