ޙަބަރުމަޖިލިސް އިންތިހާބު 2019ސިޔާސީ

އެމްޑީޕީގެ ކެމްޕެއިންޓީމުން ޕަކްލިކް ވޯކްސް އުނގޫފާރު ސައިޓްގެ މުވައްޒަފުންނާއި ބައްދަލުކޮށްފި

އެޖެންޑާ 19

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރާ މުހައްމަދު ވަހީދު (ވައްޑެ) އަދި އެމްޑީޕީގެ އުނގޫފާރު ކެމްޕެއިންޓީމުން އުނގޫފާރުގެ މަގުހެދުމުގެ މަސައްކަތްކުރާ ޕަބްލިކް ވޯކްސް އުނގޫފާރު ސައިޓްގެ މެނޭޖްމަންޓާއި އަދި މުވައްޒަފުންނާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ އާދީއްތަ ދުވަހުގެ 11:30 ގައި ޕަބްލިކް ވޯކްސް އުނގޫފާރު ސައިޓް އޮފީހުގައެވެ. މިބައްދަލުވުމުގައި އުނގޫފާރު ސައިޓްގެ މެނޭޖްމަންޓްގެ ބޭފުޅުންނާއި މުވައްޒަފުންނާއި އެމްޑީޕީގެ އުނގޫފާރު ކެމްޕެއިންޓީމުގެ އިސްބޭފުޅުން ބައިވެރިވިއެވެ.

ކެމްޕެއިން ޓީމުން އުނގޫފާރު ޑޮޓްކޮމްއަށް މިއަދު މައުލޫމާތު ދެއްވިގޮތުގައި މިބައްދަލުވުމުގެ ބޭނުމަކީ ޕަބްލިކް ވޯކްސް އުނގޫފާރު ސައިޓްގެ މަސައްކަތް ހުއްޓިފައިވާތީ މިހާރުގެ ހާލަތު ދެނެގަތުމާއި އުނގޫފާރު ސައިޓުގެ މަސައްކަތަށް ދަތިވެފައިވާ ކަންކަމާއި އަދިއުނގޫފާރުގެ މަގުހެދުމުގެ މަސައްކަތަށް އަވަސް ހައްލެއްބޭނުންވާ ކަންކަން ހުރިނަމަ އެކަންކަމަކީ ކޮބައިތޯ ބެލުންކަމަށެވެ.  އަދި އުނގޫފާރު މަގުހެދުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ދަތިވެފައިވާ ކަންތައްތަކުގެ ތެރެއިން  ހައްލުހޯދެންހުރި ކަންތައްތަކަކީ ކޮބައިތޯބަލައި އެކަންކަމަށް އަވަސް ހައްލެއްހޯދުމަށް ސަރުކާރައި ވާހަކަ ދައްކައިގެން އެދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރުންކަމަށެވެ.

This slideshow requires JavaScript.

ވަހީދުގެ ކެމްޕެއިން ޓީމުން ދަނީ އުނގޫފާރުގެ އެކއެކި ފަރާތްތަކާއި މުވައްސަސާތަކާއި ޓީމުތަކާއި ގުރޫޕްތަކާއި ބައްދަލުކޮށް އެފަރާތްތަކުގެ މިވަގުތުހުރި އެންމެބޮޑެތި ކަންބޮޑުވުންތަކާއިމެދު ވާހަކަ ދައްކައި އެކަންކަން ހައްލުކުރުމަށް އެފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދަމުންނެވެ. އަދި އެޖެންޑާ19 އިން މިފަދަ ކަންބޮޑުވުންތަކަށް ހައްލުހޯދޭނެ ގޮތްތަކާއި ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެ މައުލޫމާތު ކިޔައިދެމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
2 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
2 Comment authors
ބަދަތްވެއްVeekameh haraan Recent comment authors
ބަދަތްވެއް
Guest
ބަދަތްވެއް

މަގު އެކަންޏެއްނޫން ހުރިހާ ކަމެއްވެސް ހުއްޓޭނެ ހޮސްޕިޓަލްގައި ހަދާ 6ކޮޓަރި މަސައްކަތްވެސް މިހާރު ހުއްޓިފަ

Veekameh haraan
Guest
Veekameh haraan

Thi masahkah huhtifa thi othre sarukaaruhe heyofulhukamun dhw.. den vaki sarukaarah thaaeedhukuraa meehaku hovaigen vaane kameh onnane baa?? Counsilun bes varah fonivelaafa thikamaa male ves dhiya.. 3kam vee kameh haraan…

Close