ޙަބަރުރ.އަތޮޅު

ރ އަތޮޅު ކައުންސިލަށް ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި

ރ އަތޮޅު ކައުންސިލް

ރ އަތޮޅު ކައުންސިލަށް ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މިއަދު އުނގޫފާރުގައި ބާއްވައިފިއެވެ. މިބައްދަލުވުން އޮތީ މިއަދު ހެނދުނު 10:30 ފެށިގެން މެންދުރުފަހު 13:45 އަށް ރ އަތޮޅު ޓްރެއިނިންގ ސެންޓަރުގައެވެ.

މިބައްދަލުވުމުގައި މަޝްވަރާކުރެވިފައިވަނީ މައިގަނޑު 5 ކަމަކާއި ބެހޭގޮތުންނެވެ. އެއީ އަތޮޅުފެންވަރުގައި ދެވޭ އިނާމު ދިނުމުގެ އުސޫލާ ގުޅޭ ގޮތުންނާއި 2019 ވަނަ އަހަރުގެ އަތޮޅު ޤުރުއާން މުބާރާތާއި ޕާފޯމަންސް އިންޑެކްސްގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުން ރަނގަޅު ކުރަންޖެހޭ ބައިތަކާއި އަދި 2019 ވަނަ އަހަރުގެ ވާކް ޕެލޭން އާއި ބެހޭގޮތުންނެވެ.

މިބައްދަލުވުމުގައި ބައިވެރިވެފައިވަނީ ރ އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ރަށްރަށުގެ ރަށު ކައުންސިލްތަކުގެ ރައީސުންނެވެ. 11 ކައުންސިލެއްގެ ރައީސުން މިބައްދަލުވުމުގައި ބައިވެރިވިއިރު ތަފާތުއެކި ސަބަބު ތަކާހުރެ 4 ރަށެއްގެ ކައުންސިލުގެ ރައީސުން މިބައްދަލުވުމުގައި ބައިވެރިވެފައެއްނުވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close