ކޮވިޑް-19

ޚަބަރުރ.އަތޮޅުސިއްޙަތު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އަހަރީ ދުވަހު ފޮޓޯ މައުރަޒެއް ބާއްވަނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ހޮސްޕިޓަލާއި ރ.އަތޮޅުގެ ސިއްހީ ހިދުމަތުގެ  ތާރީހީ ފޮޓޯ މައުރަޒެއް ބޭއްވުމަށް އެ ހޮސްޕިޓަލުން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

މި މައުރަޒުގައި ބައިވެރި ވުމުގެ ފުރުސަތު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އިއްޔެ ވަނީ ހުޅުވާލާފައެވެ. މި ފޮޓޯ މައުރަޒަށް ފޮޓޯ ހުށަހެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު މި މައުރަޒަށް ހުށަހެޅޭ ފޮޓޯތައް އަނބުރާ ވެރިފަރާތަށް ރައްދު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ފޮޓޯ ހުށަހަޅާ ހުރިހާ ފަރާތްތަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައިވެ. ހުށަހެޅޭ ފޮޓޯ ތަކުގެ ތެރެއިން 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމުވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މައުރަޒުގެ 1 ވަނަ އަށް ( 3000 ރުފިޔާ ) ، 2 ވަނަ އަށް ( 2000 ރުފިޔާ ) ، 3 ވަނަ އަށް ( 1000 ރުފިޔާ ) ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފޮޓޯ ހުށަހެޅުމަށް  ސައުޤުވެރިވާ ފަރާތްތަކުން އިއްޔެއިން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.00 ން މެނދުރު 14.00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އޮފީހަށް ވަޑައިގެން ފޮޓޯ ހުށަހެޅުއްވުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ހޮސްޕިޓަލްގެ އީމެއިލް info@urh.gov.mv  އަށް ފޮނުވުމުންވެސް ފޮޓޯ ބަލައިގަނެވެނެއެވެ. ފޮޓޯ ހުށަހަޅާއިރު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯންނަމްބަރ ހިމަނަންޖެހޭނެއެވެ. ފޮޓޯ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚްއަކީ 28 މާރޗް 2018 ވަނަ ދުވަހުގެ ނިޔަލަށެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7609567 އަށް ގުޅުއްވުމަށް ހޮސްޕިޓަލުން އެދިލައްވައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close