މުނިފޫހި ފިލުވުން

ދިވެހި ފިލްމު “ފޯޓީ ޕްލަސް” މާރޗް 16 ގައި އުނގޫފާރުގައި އަޅުވަނީ

މާރޗް 5 ވަނަ ދުވަހު ރިލީސް ކުރި ހޮރޯ ކޮމެޑީ، “ފޯޓީ ޕްލަސް” އުނގުފާރުގައި އެޅުވުމަށް ނިންމައިފިއެވެ. ޝައި ޕްރޮޑަކްޝަން އަދި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފެއްދި ހެއްވާ މާޖާ އަދި ބިރުވެރި މަންޒަރުތައް ހިމެނޭ މި ފިލްމު އުނގޫފާރުގައި އެޅުވުމަށް ނިންމާފައި ވަނީ މާރޗް 16 ވަނަ ދުވަހުއެވެ.

އަހަރުގެ ބޮޑު ފިލްމު ގޮތުގައި ޕްރޮމޯޓް ކުރަމުންދާ، އަދި މިހާތަނަށް ބޮޑު ތަރުހީބެއް ލިބިފައިވާ މި ފިލްމު އުނގޫފާރުގައި އަޅުވަނީ 16 ވަނަ ދުވަހުގެ ރޭ 09:00 ގައި ކުލަބް ޔޫތުސްޓަރ ގައެވެ. ފިލްމުގެ ޓިކެޓު ބައްލަވައިގަތުމަށް 9999354 ނުވަތަ 7913665 ނަމްބަރ ފޯނަށް ގުޅާލުމުން އެކަން ހާމަޖެހިގެން ދާނެއެވެ. ޓިކެޓްގެ އަގަކީ 100ރ އެވެ.

ޔޫސުފު ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް އިސްމާއިކް ޝަފީގު ޕްރޮޑިއުސް ކުރި މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނި ތ.ބުރުނީގައެވެ. މި ފިލްމަކީ ކުރިން މި ޓީމުން ނެރުން ކާމިޔާބު ފިލްމު “ނޯޓީ ފޯޓީ” ގެ ސީކުއެލް އެކެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ކުޅަދާނަ ބަތަލުންގެ ތެރޭގައި ހިމެނޭ ޔޫސްފު ޝަފީއު (ޔޫއްޕެ), އަލީ ސީޒަން، މަނިކު، ސައީދު، މުޙައްމަދު ފައިސަލް، އަލީ އާޒިމް (ދޮން އައްޔަ) މި ފިލްމުން ފެނިގެން ދާނެއެވެ. އަދި މަޝްހޫރު ބަތަލާ ޝީލާ ނަޖީބު، ފާތިމަތު އާޒިފާ ވެސް މި ފިލްމުން ފެނިގެން ދާނެއެވެ. މީގެ އިތުރުން ފިލްމި ދެވަންސޫރަ އިން މުޅިން އަލަށް ތައާރަފުވި މަރިޔަން ޝިފާ އާއި މުލިން އަލަށް ތައާރަފުވާ ބަތަލާ އިރުފާނާ އިބްރާހިމްގެ މޮޅު އެކްޓިން މި ފިލްމުން ފެނިގެންދާނެއެވެ.

ހުނުމުގެ އަޑުން އޮލިންޕަސް ގުގުމާލާފައިވާ ހައުސްފުލް އެތައް ޝޯތަކެއް މިހާތަނަށް ބާއްވާފައިވާ މި ފިލްމު ބެލި މީހުން ބުނާ ގޮތުގައި މި ފިލްމަކީ ނުބަލާ ދޫކޮށްލެވޭ ވަރަށް ވުރެ މާ ފުރިހަމަ ފިލްމެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close