ޙަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019ސިޔާސީ

އުނގޫފާރު ދާއިރާގެ ބަހުސްގައި ބައިވެރިވީ 3 ކެނޑިޑޭޓުން

ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ޕީއެސްއެމް އިން ގެނެސްދޭ ބަހުސްގެ އުނގޫފާރު ދާއިރާގެ ބަހުސް މިއަދު ހެނދުނު 10:30 ގައި ބާއްވައިފިއެވެ. މިއަދު ބޭއްވި މިބަހުސްގައި މިދާއިރާއަށް ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ބަހުސްގައި ބައިވެރިވެ ވަޑައިގަތީ 3 ކެނޑިޑޭޓުންނެވެ.

ބަހުސްގައި ބައިވެރިވެފައިވަނީ އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 1 އަބްދުލް މަތީން އާއި ކެނޑިޑޭޓް ނަމްބަރު 3 އަބްދުﷲ ރަޝީދު އާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކްޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 4 މުހައްމަދު ވަހީދު (ވައްޑޭ) އެވެ.

މިއަދުގެ ބަހުސްގައި ޖުމުހޫރޫ ޕާޓީގެ ކެނޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 2 އިލްހާމް އަހުމަދު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ބަހުސްގައި އިލްހާމް ބައިވެރިވެ ވަޑައިނުގެންނެވި ސަބަބު ހޯދާލުމަށް ގުޅާލުމުން ފަހުން ޖަވާބެއް ދެއްވާނެކަމަށް އިލްހާމް ވިދާޅުވިއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Rahyyithumeeha Recent comment authors
Rahyyithumeeha
Guest
Rahyyithumeeha

Bahusga ves baiverivaan nukerunu dhw… evaruge meehun dhaairaage meehunnah’takaa kohdeveyny kon kamehbaa??

Close