ޙަބަރުރަށު ފުޓުބޯޅަކުޅިވަރު

ވެސްޓު ބީޗު ތިޔަމަސް އެކްސް ފްޓްސަލް ޗެލެންޖު 2019 ގައި ބައިވެރިވީ 5 ޓީމް

ތިޔަމަސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް އިއުލާނު ކޮށްފައިވާ  “ވެސްޓް ބީޗް ތިޔަމަސް އެކްސް ފްޓްސަލް ޗެލެންޖް 2019” ގައި ބައިވެރިވީ 5 ޓީމެވެ.

ރ. އުނގޫފާރުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިމުބާރާތް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ ތިޔަމަށް އެކްސްއިން، އުނގޫފާރު ޑޮޓް ކޮމްއަށް މައުލޫމާތުދެމުން ބުނީ މުބާރާތުގައި ބައިވެރިވުމަށް ދީފައިވާ ސުންގަޑި ހަމަވި އިރު ފޯމު ހުށަހަޅާފައި ވަނީ 5 ޓީމުން ކަމުގައެވެ. އެޓީމު ތަކަކީ ކޭޑީ ، ފަސްގަނޑު، އޮރި، ރޮދި އަދި ޑިކްޓޭޓަރސް އެވެ. މުބާރާތުގެ ގަވާއިދުގައިވާ ގޮތުން 5 ޓީމު މުބާރާތުގައި ބައިވެރި ވެއްޖެ ނަމަ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނައިން ޕޮއިންޓު ހޯދާ 2 ޓީމު ފައިނަލްގައި ކުޅޭނެއެވެ. އެހެންކަމުން މިމުބާރާތުގެ މެޗުތައް ގިނަވެ، މުބާރާތުގެ ފޯރި ގަދަވާނެ ކަމަށް ބެލެވެއެވެ.

މިމަހު 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ޗެމްޕިއަން ޓިމަށް 8000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 2500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ވެސްޓް ބީޗެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close