ޙަބަރުރަށު ފުޓުބޯޅަކުޅިވަރު

ވެސްޓް ބީޗް ތިޔަމަސް އެކްސް ފުޓްސަލް ޗެލެންޖް 2019 ގެ ގުރުއަތުލުން ބާއްވައިފި

ތިޔަމަސް އެކްސް އިން އިންތިޒާމުކޮށްގެން އުނގޫފާރުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގެ ގުރުއަތުލުން މިރޭ ބާއްވައިފިއެވެ.  ވެސްޓު ބީޗް ރެސްޓޯރެންޓުގައި މިރޭ ކުރިޔަށް ގެންދިޔަ މިހަފްލާގައި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުން އަދި މުބާރާތުގެ ކޮމެޓީއިން ވަނީ ބައިވެރިވެފައެވެ.

މިމުބާރާތުގައި 5 ޓީމު ބައިވެރި ވެފައިވާއިރު  ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޑިކްޓޭޓަރސް އާއި ކޭޑީ އެފް ޓީއެވެ. މުބާރާތުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 20 ވަނަ ދުވަހުގެރޭ  8:30 ގައި އުނގުފާރު އިޖުތިމާއީ މަރުކަޒުގެ ފުޓްސަލް ދަނޑުގައެވެ. ކޮންމެ ޓީމެއް 4 މެޗު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމު ފައިނަލް ގައި ކުޅޭގޮތައް ހަމަޖެހިފައިވާ މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ 26 މާޗު 2019 ވާ އަންގާރަ ދުވަހުގެރޭ 8:30 ގައި އުނގޫފާރު އިޖުތިމާއީ މަރުކަޒުގެ ފުޓްސަލް ދަނޑުގައެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓިމަށް 8000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 2500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close