ޙަބަރުރ.އަތޮޅު

ރ.މާމުނަގައު ރިސޯޓަށް 200 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން އޯޕަންޑޭއެއް ބާއްވަނީ

ރ.އަތޮޅުގެ އެންމެ ދެކުނު ބިތުގައި އޮންނަ ރ.މާމުނަގައު ގައި ތަރައްޤީކޮށްފައިވާ އިންޓާރކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓަށް 200 އަށް ވުރެ ގިނަ ދިވެހި މުވައްޒަފުން ހޯދަން އޯޕަން ޑޭ އެއް ބާއްވަން އެ ރިސޯޓުން ނިންމައިފިއެވެ.

މާމުނަގައު ރިސޯޓުގެ އޯޕަންޑޭ އޮންނާނީ މިމަހު 21 ވަނަ ދުވަހު ހެނދުނު 9:00 އިން ހަވީރު 18:00 އަށް މާލޭ މާގިރި ހޮޓެލްގައެވެ. ދުނިޔޭގެ 65 ގައުމެއްގައި 180 އަށް ވުރެ ގިނަ ހޮޓެލް އަދި ރިސޯޓު ހިންގާ އިންޓާރ ކޮންޓިނެންޓަލް ހޮޓެލްސް އެންޑް ރިސޯޓްސް އިން ތަރައްޤީ ކުރި މި ރިސޯޓުން ބޮޑަށް އަމާޒު ހިފާފައި ވަނި ވީހާވެސް ގިނަ ދިވެހި މުވައްޒަފުން ހޯދުމަށެވެ.

ބޮޑު ފަޅެއް އޮންނަ މާމުނަގައު ރިސޯޓުގައި 81 ލަގްޒަރީ ވިލާ އާއި 5 ރެސްޓޯރެންޓު ހުރެއެވެ. މީގެ އިތުރުން ސްޕާ އާއި، ބާ އަދި ވޯޓާ ސްޕޯޓްސްގެ ޙިދުމަތް މި ރިސޯޓުން ލިބިގެން ދާނެއެވެ.

މާމުނަގައުގެ އިތުރުން އިންޓަރކޮންޓިނެންޓަލްސް އިން ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގަމުންދެވެ. އޭގެ ތެރޭގައި ސިކްސް ސެން ލާމް، ފޯ ސީޒަން ކުޑަހުރާ، ގިގިލަންކަން ފުށި، ލަނޑާގިރާވަރު، ހޮލިޑޭ އިން ކަނޑޫމާ އަދި ލަންކަން ފިނޮޅު ހިމެނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close