ޙަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019ސިޔާސީ

އަދާލަތު ޕާޓީން ބިގޭ އަށް ތާއީދު ކުރަން ނިންމައިފި

މަޖިލިސް އިންތިހާބް 2019

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި އަދާލަތު ޕާޓީން އަލިފުށީ ދާއިރާގެ އެމްޑީޕީގެ ކެނޑިޑޭޓު މުޙައްމަދު ރަޝީދު (ބިގޭ) އަށް ތާއީދުކުރުމަށް ނިންމައިފިއެވެ. އަދާލަތު ޕާޓީން މިކަން އިއުލާނުކޮށްފައިވަނީ ފަރެސް މާތޮޑާ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ފަތުހުﷲ އަހުމަދަށް ކެމްޕޭން ކުރަން ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އަލިފުށީ ދާއިރާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހޯރަފުށި ދާއިރާ އާއި ކެނދިކުޅުދޫ އަދި ދާއިރާ ފަރެސްމާތޮޑާ ދާއިރާ އަށް އެމްޑީޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ވެސް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމައިފައިވެއެވެ. އަދި މި ދާއިރާތަކުގެ މެމްބަރުންނަށް ފުރިހަމައަށް ތާއީދު ކުރަން އަދާލަތު ޕާޓީގެ މެމްބަރުންނަށް ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވައިލެއްވި އެވެ.

މަޖިލީހުގެ އިންތިހާބުގައި މަހިބަދޫ ދާއިރާ އާއި ނިލަންދޫ ދާއިރާ އަށް އަދާލަތު ޕާޓީން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައި މަހިބަދޫ އަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލީ ކެންޑިޑޭޓު އިއްޔެ ވަނީ ނަން އަނބުރާ ނަގައިފަ އެވެ.

މަޖިލިސް އިންތިހާބުގެ ކެމްމެއިން ފޯރި ގަދަވެފައިވާއިރު ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އިސްވަފުދެއް ކެމްޕެއިނަށް މާދަމާ  ރ އަތޮޅަށް ޒިޔާރަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close