ޙަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019ސިޔާސީ

މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ރައީސް ނަޝީދު މާދަމާ ރ އަތޮޅަށް ވަޑައިގަންނަވަނީ

މަޖިލިސް އިންތިހާބު 2019

ކުރިއަށްއޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރ އަތޮޅު 5 ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ރ އަތޮޅަށް ވަޑައިގަންނަވާނެއެވެ. ރައީސް ނަޝީދުގެ މިދަތުރުފުޅުގައި ރ އަތޮޅުގެ 8 ރަށަކަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

ނަޝީދުގެ މިދަތުރުފުޅުގައި މާދަމާ ހެނދުނު 8:40 ގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަނގޮޅިތީމަށެވެ. އަނގޮޅިތީމުން ހުޅުދުއްފާރަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:40 ގައެވެ. މެންދުރުފަހު 14:00 ގައި މާކުރަތަށް ވަޑައިގަތުމަށްފަހު ހަވީރު ވަޑައިގަންނަވާނީ ދުވާފަރަށެވެ. މިދަތުރުގެ ބޮޑުޖަލްސާ އޮންނާނީ މާދަމާރޭ ދުވާފަރުގައެވެ.

ބުދަ ދުވަހު ހެނދުނު 8:40 ގައި އެމަނިކުފާނު ވަޑައިގަތުމަށް ހަނަޖެހިފައިވަނީ އިނގުރައިދޫ އަށެވެ. އަދި އިންނަމާދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 11:00 ގައެވެ.  މެންދުރުފަހު 14:00 ގައި މަޑުއްވަރީ އަށް ވަޑައިގަތުމަށްފަހު އެމަނިކުފާނުގެ ދަތުރު ނިންމަވާލައްވާނީ މީދޫއިންނެވެ.

މިދަތުރުގައި ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓުން ބައިވެރިވެލައްވައެވެ. އަދި ކޮންމެ ރަށެއްގައި އެރަށެއްގެ ރައްޔިތުންނާއި އަދި ޕާޓީގެ ސަޕޯޓަރުންނާއި ބައްދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close