ޙަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019ސިޔާސީ

އުފާ އިން ވައްޑޭ އާއި ބައްދަލުކޮށްފި

އެޖެންޑާ19

ކުރިއަށް އޮތް 19 ވަނަ ރަށްޔިތުންގެ މަޖިލިސް އިންތިހާބުގައި އުނގޫފާރު ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ވަހީދު (ވައްޑޭ) އާއި އުނގޫފާރު ފޯސްޓަރިންގ އެވެއަނަސް އެސޯސިއޭޝަން (އުފާ) އިން ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ ރޭ 23:00 ގައި ބްރޭކް ޑައުންކެފޭ ގައެވެ.

މިބައްދަލުވުމުގައި އުފާއިންވަނީ ކްލަބް ޖަމާއަތްތައް ހިންގުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި އަދި ގޮންޖެހުންތަކާއި ގުޅޭގޮތުން ވަހީދު އާއި މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އުނގޫފާރުގައި ހުރި އިޖުތިމާއީ މައްސަލަތަކާއި ބެހޭގޮތުން ނާއި ކްލަބް ޖަމިއްޔާތަކަށް ޤާނޫނުން ލިބިދޭ ބާރުތަކާއި ޒިންމާތަކާއި ބެހޭގޮތުން ނާއި އެޖެންޑާ19 އިންކްލަބް ޖަމާއަތްތަކަށް ހުރިފައިދާ ތަކާއި ބެހޭގޮތުން އުފާ އިން ދެކޭގޮތް އަދި ހުރި ކަންބޮޑުވުންތައް މިބައްދަލުވުުގައި ވަހީދު އާއި ހިއްސާކޮށްފައިވެއެވެ. އުފާއިން ހުށައެޅި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ވަހީދު ވިދާޅުވީ “އެޖެންޑާ19” ގައި މިކަންކަމަށް ހައްލު ހޯދައިދިނުމަށް ހިމެނިފައި ވާނެކަމަށެވެ. އެގޮތުން ކްލަބް ޖަމިއްޔާތަކަށް އިދާރީ ފީއެއް ދިނުމަށާއި ޤާނޫނީގޮތުން މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމަށް ހިމަނާފައި ވާ ކަމަށެވެ. އަދި އުނގޫފާރުގެ ޒުވާނުންނަށާއި ކުޅިވަރަށް އަދި އިގްތިސާދަށް އެޖެންޑާ19 އިން ލިބިގެންދާނެ ފަހި ފުރުސަތުތަކުގެ މައުލޫމާތުވެސް ހިއްސާކުރިއެވެ.

ބައްދަލުވުން ނިންމާލައްވަމުން ވަހީދު ވިދާޅުވީ މާތްﷲ ގެ އިރާދަފުޅުން އިންތިހާބު ކާމިޔާބު ވެއްޖެނަމަ ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންކަމަށް މަޖިލިސްތެރެއިން ޤާނޫނީ ހައްލުހޯދައިދިނުމަށް އިހުލާސްތެރިކަމާއެކު މަސައްކަތްކުރާނެކަމަށާއި ފަރުދީގޮތުން އަބަދުވެސް ވީވަރަކުން އުފާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މިބައްދަލުވުމުގައި ވަހީދުގެ ކެމްޕެއިންޓީމުގެ އިސްފަރާތްތަކާއި އުފާގެ އިސްފަރާތްތައް ބައިވެރިވިއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close