ޙަބަރު

ގިނަ އަދަދެއްގެ ފައިސާ އާ އެކު އުނގޫފާރު އަމިއްލަ ފަރާތެއްގެ ތިޖޫރީ ވަގަށް ނަގައިފި

އުނގޫފާރު އަމިއްލަ ފަރާތެއްގެ ތިޖޫރީ މިއަދު ވަގަށް ނަގައިފިއެވެ. މަޢުލޫމާތު ލިބިފާވާ ގޮތުގައި ވަގަށް ނަގާފައި ވަނީ އުނގޫފާރު މަސްހޫރު ވިޔަފާރުވެރިޔާ އަދި ވެސްޓް ބީޗް ރެސްޓޯރެންޓުގެ ވެރިޔާ ޙަސަން މޫސާގެ ތިޖޫރީއެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގާ މިކަން ހިނގާފައި ވަނީ މިއަދުގެ ހުކުރު ވަގުތުގައެވެ. އަދި ތިޖޫރީ ގެއްލިފައިވާ ކަން އެނގިފައި ވަނީ މިއަދު މެންދުރުފަހުއެވެ. މި މައްސަލަ މިހާރު ފުލުހުން ބަލަަމުން އަންނަ އިރު ތިޖޫރީގައި ހުރީ ކިހާ ފައިސާއެއް ކަމެއް އަދި ސާފުވާ ގޮތް ވަނީ ނުވެފައެވެ.

ތިޖޫރީ ހޯދުމުގެ ޙާއްސަ އޮޕެރޭޝަނެއް އުނގޫފާރުގައި ހުންނަ ރ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ ފުލުހުން މިހާރު ފަށާފައި ވާއިރު އެ އޮޕެރޭޝަނުގެ ދަށުން އުނގޫފާރު ހުރިހާ ގޭ ތަކާ ފަޅު ތަންތަނާ، ވަލު ތެރެ ވެސް ބަލަން ފަށާފައިވާ ކަމަށް އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ލިބެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close