ކުޅިވަރު

ބާކީ ހުރިހާ މެޗެއް އުނގޫފާރު.ކޮމް އިން ލައވް ކުރަން ނިންމައިފި

މިހާރު އުނގޫފާރުގައި ކުރިއަށްދާ ފުޓްސަލް މުބާރާތް “ވެސްޓްބީޗް ތިޔަމަސް އެކްސް ފުޓްސަލް ޗެލެންޖް 2019” ގެ ބާކީ ހުރި ހުރިހާ މެޗުތަކެއް އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖުން ލައިވް ކުރަން އުފާ އިން ނިންމައިފިއެވެ.

އުފާ އިން މި ގޮތަށް ނިންމީ އުނގޫފާރުގެ ފުޓްސަލް އަށް ލޯބި ކުރާ ގިނަ އަދަދެއްގެ ޒުވާނުންގެ އެދުމުގެ މަތިން މިކަމާ މެދު އުފާއިން މަޝްވަރާކުރުމަށްފަހުއެވެ.

މިކަމާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން އުފާގެ ރައީސް އިބްރާހިމް ޒަޔާން ވިދާޅުވީ ކުރިން މި މުބާރާތުގެ ފުރަތަމަ މެޗާއި ފައިނަލް މެޗު އެކަނި ލައިވް ކުރަން ނިންމާފައި ވަނީ މިކަމުގައި ހަރަކާތްތެރިވާ އުފާގެ ގިނަ މެންބަރުންނަކީ މަޖިލިސް އިންތިޚާބުގެ އެކި ކެންޑިޑޭޓުންގެ ކެންޕޭން ޓީމުގައި އަމިއްލަ ގޮތުން މި ދުވަސްކޮޅު ވަރަށް އަވަދިނެތި އުޅުއްވާ ބޭފުޅުންކޮޅެއް ކަމުން ވަގުތުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި ވާތީއެވެ.

ޒަޔާން މަޢުލޫމާތު ދިން ގޮތުގައި އުނގޫފާރު.ކޮމް އިން ކުރި މުބާރާތުގެ ފުރަތަަމަ މެޗުގެ ލައިވްގެ ކޮލެޓީ ރަނގަޅުވުމާއި ފުޓްސަލް އަށް ލޯބި ކުރާ އަދި މި މުބާރާތް ބަލަން ބޭނުންވާ ގިނަ ޒުވާނުން ރަށުން ބޭރުގައި އަދި އަވައްޓެރި އިންޑިއާގައި ވެސް މިވަގުތު ތިބުމު ސަބަބުން އެ ފަރާތްތަކުންނާއި މުބާރާތުގެ ޓީމުތަކުން ވެސް އުފާގައި ބާކީ މެޗުތައް ލައިވްކޮށް ދިނުމަށް އެދެމުން ދިޔަ ކަމަށެެވެ. އެހެން ކަމުން އުނގޫފާރު ޒުވާނުންނަށްޓަކައި މުބާރާތުގެ ބާކީ މެޗުތައް ލައިވް ކުރަން ނިންމާފައިވާ ކަމަށެވެ.

އުނގޫފާރުގެ ފުޓްބޯޅައިގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ޓީމް ކަމުގައިވާ ތިޔަމަސް އެކްސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޗެންޕިއަން ޓީމަށް 8000ރ ގެ ފައިސާގެ އިނާމް އަދި ރަނަރަފް ޓީމަށް 2500ރ ގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވެއެވެ. މި މުބާރާތުގެ މެޗުތަށް ކުރިއަށް ދަނީ އުނގޫފާރު ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގައި ޖުމްލަ 5 ޓީމް ވާދަކުރެއެވެ. އެއީ ކޭޑީ އެފްޓީ ، ފަސްގަނޑު، ޓީމް އޮރި، ރޮދި އަދި ޑިކްޓޭޓަރސް އެވެ.  ލީގް އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމަކުން މުބާރާތުގެ ފައިނަލްގައި ވާދަކުރާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close