ޚަބަރު

ޕްލާސްޓިކާ ދެކޮޅަށް އުނގޫފާރު ސްކޫލްގެ ދަރިވަރުން ޙާއްސަ ހަރަކާތްތަކެއް

އުނގޫފާރު ސްކޫލްގެ ސްޓޫޑެންޓް ކައުންސިލްގެ އިސްނެގުމާ އެކު އެ ކައުންސިލުން ފާސްކޮށްގެން ޕްލާސްޓިކް ބޭނުން ކުރުމާ ޕްލާސްޓިކް ތަކެތިން ތިމާވެށި ރައްކާތެރި ކުރުމަށް ގޮވާލާ ޙާއްސަ ކެންޕޭނެއް ފަށައިފިއެވެ. މި ކެންޕޭން ކުރިއަށް ގެންދަނީ އުނގޫފާރު ސްޓޫޑެންޓް ކައުންސިލާއި ނިލަންދޫ ޔަންގް ޖެނެރޭޝަން ގުޅިގެންނެވެ.

މި ކެންޕޭންގެ ދަށުން އުނގުފާރު ސްކޫލްގެ ދަރިވަރުން ވަނީ މިއަދު ހަވީރު ޙާއްސަ ހިނގާލުމެއް ބާއްވާފައެވެ. މި ހިނގާލުމުގައި ދަރިވަރުން ގޮވާލާފައި ވަނީ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ނުވަތަ އެއްކޮށް ހުއްޓާލުމަށެވެ. އަދި ޕްލާސްޓިކްގެ ސަބަބަން ތިމާވެއްޓަށް ލިބޭނެ ގެއްލުންތަކާއި، އެކި މަޢުލޫމާތު ހިމެނޭ ބޯޑުތައް މި ހިނގާލުމުގައި ބޭނުންކޮށްފައިވެއެވެ. މި ހިނގާލުމުގައި ދަރިވަރުން ވަނީ “ޓީމް އަޕް ޓޫ ކުލީން އަޕް” (ސާފު ކުރުމަށް އެންމެން އެއްވަމާ) މިހެން ލިޔެފާވާ ބެނާއެއް ބޭނުންކޮށްފައެވެ.

އުނގޫފާރު ސްކޫލުން ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލާ ބޭއްވި ހިނގާލުން

މި ކެމްޕޭންގެ ދަށުން އުނގޫފާރުގެ ގޮޑުދޮށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް މާދަމާ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ހެނދުނުގެ މި ހަރަކާތުގައި އުނގޫފާރު ސްކޫލްގެ ގްރޭޑު 5 އަކުން މަތީގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އުނގޫފާރު ސްކޫލްގައި އެންވަޔަރަމެންޓް ސްޓަޑީސްގެ ދަށުން ކިޔަވައިދޭ ތީމް އެއްގެ ދަށުން ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުން ވެސް ވަނީ މީގެ ކުރިން އުނގޫފާރު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެފަހަރު ދަރިވަރުންގެ ބުރަ މަސައްކަތަކުން އުނގޫފާރު ވަށައިގެން އެކި ދިމަ ދިމާއިން ގޮނޑު ދޮށުގެ ބޮޑު ބައެއް ވަނީ ސާފުކޮށްފައެވެ. މިފަދަ ކަންކަމުގައި ދަރިވަރުން އިސްނެގުމަކީ އުނގޫފާރުގައި ތިމާވެށި ރައްކާތެރި ކުރުމަށް ލޯބި ކުރާ ހޭލުންތެރި ޖީލެއް ބިނާ ކުރުމަށް އެޅިގެން ދާނެ ވަރަށް ރަނގަޅު ބިންގަލެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close