ޚަބަރު

ވަގަށް ނެގި ތިޖޫރީ ހޯދައިފި!

ބައި މިލިއަން ރުފިޔާ އާ އެކު އުނގޫފާރު ގެއަކުން އިއްޔެ ވަގަށް ނެގި ތިޖޫރީ ފުލުހުން ހޯދައިފިއެވެ. ދާދި ދެންމެ އަކު މި ތިޖޫރީ ހޯދާފައި އުނގޫފާރު ހުޅިޔަންދޫ ގެއިންނެވެ. އެ ގެއަކީ މިހާރު މީހުން ނޫޅޭ ފަޅު ގެއެކެވެ.

ފުލުހުން މީޑިއާއަށް މަޢުލޫމާތު ދިން ގޮތުގައި ތިޖޫރީ ފެނިފައި ވަނީ ފައިސާއާ އެކުއެވެ. ތިޖޫރީ ވަގަށް ނެގި މީހާ ތިޖޫރީ ހަލާކޮށްލައިގެން އޭގައި ހުރި ފައިސާ ނަގަން މަސައްކަތް ކޮށްފައި ހުރި ނަމަވެސް ފައިސާ ނެގޭ ވަރަށް ތިޖޫރީ ހަލާކުކޮށްލެވިފާ ނުވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ތިޖޫރީގައި 550،000ރ ހުރި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލާގައި އިއްޔެ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން 25 އަހަރާއި 27 އަހަރުގެ 2 ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި ތިޖޫރީ ހޯދުމަށް އުނގޫފާރުގައި ތަންތަން ބަލާ ފާސްކުރުމުގެ ބޮޑު އޮޕެރޭޝަނެއް ފުލުހުން ވަނީ ިއިއްޔެ ކުރިއަށް ގެންގޮސްފައެވެ.

ވަގަށް ނެގި ތިޖޫރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި

މި ތިޖޫރީ އަކީ އުނގޫފާރުގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ވެސްޓް ބީޗް ރެސްޓޯރެންޓްގެ ވެރިޔާ ޙަސަން މޫސާގެ ގޭގައި ބަހއްޓާފައި ހުރި ތިޖޫރީއެކެވެ. ޙަސަން މޫސާ މަޢުލޫމާތު ދިން ގޮތުގައި ތިޖޫރީ ވަގަށް ނަގާފައި ވަނީ އިއްޔެގެ ހުކުރު ވަގުތުގައެވެ.

 

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close