ޙަބަރުމަޖިލިސް އިންތިހާބު 2019

އިލްހާމްގެ ކެންޕޭން ޓީމުން ހުޅުދުއްފާރުގައި ދޮރުން ދޮރަށް

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހުރީ ޕާޓީގެ ޓިކެޓުގައި އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ އިލްހާމް އަހުމަދު އަދި ކެންޕެއިން ޓީމު އިއްޔެ ރ.ހުޅުދުއްފާރުގެ “ޑޮޓޫޑޯ” ހަރަކާތެއް ބާއްވައިފިއެވެ.

އިލްހާމްގެ ކެންޕެއިން ޓީމުން މަޢުލޫމާތު ދިން ގޮތުގައި މި ހަރާކާތުގައި އެ ޓީމުގެ ފަރާތުން ހުޅުދުއްފާރުގެ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ އިހުސާސްތައް އަޑު އަހާފައި ވާނެއެވެ. އަދި އިލްހާމް މި ދާއިރާއަށް ހޮވިއްޖެ ނަމަ ދާއިރާގެ ރައްޔިތުންގެ ހައްޤުގައި މަޖިލިސްތެރެއިން މަސައްކަތް ކުރައްވާނެ ގޮތާ ސިޔާސަތުތައް މި ހަރަކާތުގައި ހިއްސާކޮށްފައި ވާނޭ ކަމަށް އިލްހާމްގެ ކެންޕެއިން ޓީމުން މަޢުލޫމާތުދެއެވެ.

އިލްހާމްގެ ކެންޕޭން ޓީމުން ހުޅުދުއްފާރުގައި ހިންގުނު ދޮރުން ދޮރަތް ހަރަކާތް —

މި ހަރާކާތުގައި އިލްހާމް އަދި ކެންޕޭން ޓީމުން ހުޅުދުއްފާރުގެ ގޭގެއަށް ޒިޔާރަތްކުރުމުން ރައްޔިތުން ވަނީ އެމީހުންގެ ކަންބޮޑުވުންތަކާއި ދާއިރާއިން ފެނުމަށް އެދޭ ތަރައްޤީގެ ހުވަފެންތައް އިލްހާމްއާ ޙިއްސާކޮށްފައެވެ. “އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިންތިޚާބު ވެގެން އަންނާނީ ރައްޔިތުން ދެކޭ ހުވަފެންތަކުގައި ކުލަޖައްސައި ދިނުމަށް” އިލްހާމްގެ ކެންޕޭން ޓީމުން ވާހަކަދެއްކި މީހަކު ބުޏްޏެވެ.

އިއްޔެ ޑޯޓުޑޯ ހަރަކާތް ނިންމާލުމަށް ފަހު އިލްހާމްގެ ކެންޕެއިން ޓީމުން ވަނީ ހުޅުދުއްފާރުގައި ޙާއްސަ ބާބެކިއުއުއެއް ބާއްވާފައެވެ. މި ބާބެކިއުގައި އިލްހާމްއަށް ތާއީދުކުރާ ގިނައަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close