ކުޅިވަރު

ސައިޒު ދައްކާލުމަށް ފަހު ޑިކްޓޭޓާސް މުބާރާތުގެ ފައިނަލަށް

މިހާރު ކުރިއަށްދާ ވެސްޓްބީޗް ތިޔަމަސް އެކްސް ފުޓްސަލް ޗެލެންޖް މުބާރާތުގައި ރޭ ފަސްގަނޑު އެފްސީއާ ދެކޮޅަށް ނިކުމެ ޑިކްޓޭޓާސް އިން އެ ޓީމްގެ ސައިޒް ދައްކާލައިފިއެވެ. ރޭގެ މެޗުގައި ޑިކްޓޭޓާސް ޓީމުން ވަނީ ފަސްގަނޑު ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލާފައެވެ. ރޭގެ މެޗު އެ ޓީމުން ވަނީ 11-0 ގެ ނަތީޖާ އަކުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ.

ޑިކްޓޭޓާސްގެ ފަރާތުން ވަރަށް ރޭވުންތެރި މޮޅު ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެޗުގައި އެ ޓީމް ހެއްވާލަ ދިނީ ރޭގެ މެޗުގައި 2 ހެޓްރިކް ހަދާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ އުނައިސްއެވެ. މީގެ އިތުރުން މިފްރާހް އަދި ނާހިދު ވަނީ ކޮންމެ ކުޅުންތެރިއަކު ވެސް ޓީމަށް 2 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އިމްރާން ވެސް ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްފައެވެ. ރޭގެ ނަތީޖާއާ އެކު ފަސްގަނޑު އެފްސީ ވަނީ ކުރިއަށް އެއް މެޗު އޮއްވާ މުބާރާތާ އަލްވަދާއު ކިޔާފައެވެ.

ކުޅުނު 3 މެޗުން މޮޅުވެ ތާވަލުގެ 1 ވަނާގައި އޮތް ޑިކްޓޭޓާސްއަށް އަދި ކުރިއަށް 1 މެޗު އެބައޮތެވެ. ޑިކްޓޭޓާސް މިރޭ ޓީމް އޮރިއާ ދެކޮޅަށް ނިކުންނަ އިރު ފައިނަލްގެ ޖާގައެއް ކަށަވަރުވެ، އެއްވެސް ހާސްކަމެއް ނެތް ޑިކްޓޭޓާސްގެ އަމާޒަކީ މިރޭގެ މެޗު ވެސް ބޮޑު ތަފާތަކުން ކާމިޔާބު ކުރުމެވެ. މިރޭ ދެން ކުޅޭ މެޗުގައި ބައްދަލު ކުރާ، ކޭޑީ އެފްޓީ އާއި ރޮދި އެފްސީ އަށް ވެސް މިރޭގެ މެޗުން މޮޅުވުން މުހިންމެވެ. އަދި ޓީމް އޮރިގެ އަމާޒަކީ ވެސް މިރޭގެ މެޗު ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ކާމިޔާބު ކުރުމެވެ.

ޗެންޕިއަން ޓީމަށް 8000ރ ގެ ފައިސާގެ އިނާމެއް ލިބޭ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގެ ހުރިހާ މެޗެއް އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ. މުބާރާތުގެ ފޭސްބުކް ލައިވް ސްޕޮންސާކޮށްފައި ވަނީ ބްރޭކްޑައުން ކެފޭގެ ވެރިޔާ މުޙައްމަދު ފައިސަލްއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close