ކުޅިވަރު

އޮރި ބަލިކޮށް ރޮދި އެފްސީން އުންމީދު އާކޮށްފި

މިހާރު އުނގޫފާރުގައި ކުރިއަށްދާ ފުޓްސަލް މުބާރާތް “ވެސްޓް ބީޗް ތިޔަމަސް އެކްސް ފުޓްސަލް ޗެލެންޖް 2019” ގައި ރޮދި އެފްސީން ޓީމް އޮރި ބަލިކޮށް މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ. ރޭގެ މެޗު ރޮދި ކާމިޔާބު ކުރީ 2-0 އިންނެވެ.

ރޭގެ މެޗުގައި ރޮދި އެފްސީ އަށް ލަނޑުތައް ކާމިޔާބުކޮށް ދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނު ހަސަން އިނާޒްގެ އިތުރުން ފަތުހުﷲ އެވެ. 2 ޓީމުން ވެސް ކުޅުނު 2 މެޗުގެ ތެރެއިން 1 މެޗު ކާމިޔާބުކޮށްފައި ވާއިރު މި ނަތީޖާއާ އެކު މުބާރާތުގެ ފޯރި މި ވަނީ އިތުރަށް ގަދަވެފައެވެ.

މުބާރާތުގައި މިރޭގެ މެޗުތަކުގައި ރޮދި ކޭޑީ އެފްޓީއާ ވާދަކުރާއިރު އޮރި ވާދަކުރާނީ ޑިކްޓޭޓާސްއާއެވެ. ރޮދި، ކޭޑީ އަދި އޮރިއަށް ވެސް މުބާރާތުގައި ކުރިއަށް ދާން މިރޭގެ މެޗުތައް މުހިންމު އިރު ޑިކްޓޭޓާސް ވަނީ މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައެވެ.

ޗެންޕިއަން ޓީމަށް 8000ރ ގެ ފައިސާގެ އިނާމެއް ލިބޭ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގެ ހުރިހާ މެޗެއް އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ. މުބާރާތުގެ ފޭސްބުކް ލައިވް ސްޕޮންސާކޮށްފައި ވަނީ ބްރޭކްޑައުން ކެފޭގެ ވެރިޔާ މުޙައްމަދު ފައިސަލްއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close