ޙަބަރު

ތިޖޫރީ ވަގަށްނެގި މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފި

ބައި މިލިއަން ރުފިޔާ އާ އެކު ހަސަން މޫސާގެ ގެއިން ހުކުރު ދުވަހު ތިޖޫރީ ވަގަށްނެގި މީހުންގެ ބަންދަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

ބައި މިލިއަން ރުފިޔާ އާ އެކު ހުކުރު ދުވަހުގެ ހުކުރު ވަގުތު ވަގަށް ނެގި ތިޖޫރީ ހޯދާފައި ވަނީ އުނގޫފާރު ހުޅިޔަންދޫ ގެއިންނެވެ. އެ ގެއަކީ މިހާރު މީހުން ނޫޅޭ ފަޅު ގެއެކެވެ.

މިމައްަސަލާގައި މިހާތަނަށް 3 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބިފައިވާގޮތުން 3 ވަނަ މީހާ ހައްޔަރުކުރީ އުނގޫފާރުން މާލެއަށް ދިޔަބޯއްޓުން މާލެފޭބިވަގުތުއެވެ.

ފުލުހުން މީޑިއާއަށް މަޢުލޫމާތު ދިން ގޮތުގައި ތިޖޫރީ ފެނިފައި ވަނީ ފައިސާއާ އެކުއެވެ. ތިޖޫރީ ވަގަށް ނެގި މީހުން ތިޖޫރީ ހަލާކޮށްލައިގެން އޭގައި ހުރި ފައިސާ ނަގަން މަސައްކަތް ކޮށްފައި ހުރި ނަމަވެސް ފައިސާ ނެގޭ ވަރަށް ތިޖޫރީ ހަލާކުކޮށްލެވިފާ ނުވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ތިޖޫރީގައި 550،000ރ ހުރި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close