ޙަބަރުރ.އަތޮޅު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އިމާރާތައް ބައެއް އިތުރު ކުރަނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް (ޔޫއާރްއެޗް)ގެ އިމާރާތް ބޮޑު ކުރުމަށް އަލަށް އިތުރުކުރާ ބައި ޑިޒައިންކޮށް ބީއޯކިއު ހަދައިދޭނެ ފަރާތެއް ހޯދަން މިއަދު އިއުލާންކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުން މިއަދު ކޮށްފާއިވާ އިއުލާންގައި ވާ ގޮތުގައި މިކަމަށް ޝައުގުވެރިވާ ފަރާތުން އަންދާޒީ ހިސާބު ހުށައެޅުމުގެ ސުންގަޑި އަކީ 10 އޭޕްރިލް 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރުމަށް 5 މިލިއަން ރުފިޔާ މިއަހަރަށް ފާސްކުރި ދަޢުލަތުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. ޔޫއާރްއެޗް އިން އުނގޫފާރު.ކޮމް އަށް މަޢުލޫމާތުދިން ގޮތުގައި ޔޫއާރްއެޗް އަށް އަލަށް އިތުރު ކުރާ އިމާރާތަކީ މިހާރު ބޭނުން ކުރަމުންދާ ލޭބާ ރޫމާއި އޮޕެރޭޝަން ތިއޭޓާރ ހުންނަ ބާ އިމާރާތް މަރާމާތު ކުރެވެން އަންނަނީ އިތުރު އިމާރާތެއް އަލާ އެތަނަށް ލޭބާރ ރޫމް އަދި އޮޕެރޭޝާން ތިއޭޓާރ ބަދަލުކުރެވިގެން ކަމުގައި ވާތީއެވެ.

ޔޫއާރްއެޗް އިން މަޢުލޫމާތު ދިން ގޮތުގައި އަލަށް އިތުރުކުރެވޭ އިމާރާތާ އެކު ޔޫއާރްއެޗްގެ ޖާގަ ތަނަވަސްވެ އިތުރު ޚިދުމަތްތައް ތައާރަފު ކުރުމަށް މަގު ފަހިވެގެން ދާނެއެވެ. ޔޫއާރްއެޗް ތަރައްޤީ ކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ވާއިރު ރ.އަތޮޅުގެ ބައެއް ރައްރަށުގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުން ވެސް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close