ޙަބަރުމަޖިލިސް އިންތިހާބު 2019ސިޔާސީ

އުނގޫފާރު ދާއިރާއަށް މުހައްމަދު ވަހީދު (ވައްޑޭ) – 4

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ނޯޓް: މި ލިއުމަކީ 19 ވަނަ ރައްޔިތުންގެ މާޖިލީހުގެ އިންތިޚާބަށް ކެންޕޭން ކުރުމަށް ވިޔަފާރި އުޞޫލުން ކެނޑިޑޭޓުންނަށް ދެވިފައިވާ ފުރުސަތުގެ ދަށުން ލިޔެވިފައިވާ ލިއުމެކެވެ.

ރ. ފައިނަށް އުފަން މުހައްމަދު ވަހީދު (ވައްޑެ) ކުރިން ވަނީ ހެލްތު މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީގަ އާއި ވޭސްޓް މެނޭޖްމަންޓް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. “މިއަދު” ނޫހުގެ ޑެޕިއުޓީ އެޑިޓަރުކަމާއި ރ. އަތޮޅުގެ ކައުންސިލަރުކަން ވެސް ކުރެއްވި އެވެ.

ވައްޑެއަކީ ސިޔާސީ މަސައްކަތުގައި ރ. އަތޮޅުގައި އެންމެ ފަރިތަ އެއް މޫނެވެ. އޭނާއަކީ އަޑު އުފުލަން ކެރޭ، އާންމު މޫނެކެވެ. ރާއްޖޭގައި އިސްލާހީ ހަރަކާތް ފެށުނީއްސުރެ، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އެވެ. މިހާރު ވައްޑޭ އަކީ އެމްޑީޕީގެ އުނގޫފާރު ދާއިރާގެ ރައީސެވެ. ދާއިރާގެ ހުޅުދުއްފާރު އުނގޫފާރު އަދި މާކުރަތުގެ ރައްޔިތުންނާއި ގާތްގުޅުމެއް ފާއިތުވެ ދިޔަ 8 އަހަރުވެސް ބާއްވަމުން އަންނަ ހިތްހެޔޮ އެކުވެރި އެކެވެ. އިސްލާހީ ހަރަކާތްތަކުގައި އުޅުއްވުމުގެ ތެރޭގައި އެތައް ފަހަރަކު ހައްޔަރު ވެސް ކުރި އެވެ.

އެމްޑީޕީގެ މީޑިއާ ޓީމާއި ކެމްޕެއިން ޓީމުގައި ގަވައިދުން ވައްޑެ މަސައްކަތް ކުރައްވަ އެވެ. “ޖަޒީރާ” ރާއްޖެ މެނިފެސްޓޯ ތައްޔާރުކޮށް ލިޔުއްވުމުގައި އޭނާ އިސް ރޯލެއް އަދާކުރެއްވި އެވެ.

 

ލާމަރުކަޒީ ނިޒާމު ރާއްޖެ ހިންގުމާއި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް އަޑު އުފުއްލަވައި، ލިޔުއްވުމުގައި އޭނާގެ ގަލަން ހިނގަ އެވެ. އެއީ ރައްޔިތުންގެ ގާތަށް ގޮސް، އާންމުން ހޭލުންތެރި ކުރުވައި، އެކަންކަމުގެ ހައްގުގައި ވަކާލާތު ކުރައްވަމުން އަންނަ ބޭފުޅެކެވެ. ވައްޑެ ވިދާޅުވި ގޮތުގައި އާންމުން ހޭލުންތެރި ކުރުވުމަށް ރާއްޖޭގެ ދެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅަކަށް ވަޑައިގެންނެވި އެވެ.

 

“ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގާއިމު ކުރަން ޖެހޭ. ހަމައެކަނި ނަމަކަށް އިދާރީ އިހްތިޔާރުތަކެއް ދިނުމަކުން ނުފުދޭ. އިގްތިސާދާއި ވިޔަފާރި ވެސް ލާމަރުކަޒީ ވާން ޖެހޭ،” ވައްޑެ ފުރަތަމަ ވެސް ވިދާޅުވީ އެހެންނެވެ.

ޒަރޫރީ ބޭނުންތަކާއި މުހުތާދުތައް ފުރިހަމަކުރަން އުނގޫފާރު ދާއިރާގެ ރައްޔިތުން މާލެ ދިއުމުގެ ބަދަލުގައި އަތޮޅުގެ ތެރެއިން ހަމަޖެހޭ ނިޒާމެއް ގާއިމްކުރުމަކީ އޭނާގެ އެއް ވިސްނެވުމެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close