ޙަބަރު

އުނގޫފާރު ސްކޫލަށް ކޮންޕިއުޓާރ ޓެކްނިޝަނެއް އަދި އެޑްމިން އޮފިސަރެއް ހޯދަން އިއުލާންކޮށްފި

އުނގޫފާރު ސްކޫލަށް ކޮންޕިއުޓާރ ޓެކްނިޝަނަކާއި އެޑްމިން އޮފިސަރެއްގެ މަޤާމަށް މީހުން ހޯދަން އިއުލާންކޮށްފިއެވެ. އުނގޫފާރު ސްކޫލުން އިއުލާންކޮށްފައިވާ ގޮތުގައި މި ވަޒީފާތަކަށް އެދި ހުށައެޅުމުގެ ސުންގަޑި އަކީ 02 އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިއެވެ.

ކޮންޕިއުޓާރ ޓެކްނިޝަނެއްގެ މަޤާމަށް ހުށައަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތަކީ، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދައް ޙާސިލްކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވުން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުމެވެ.

އެޑްމިން އޮފިސަރެއްގެ މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތަކީ، ސާނަވީ ނުވަތަ އެއާ އެއް ފެންވަރެއްގެ އިންތިހާނަކުން 2 މާއްދާއިން ދައްވެގެން “ޑ” ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ނުވަތަ ހަޔާރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިންތިހާނުން “ދިވެހި” މި މާއްދާއިން ދައްވެގެން “ސީ” ގްރޭޑް ލިބިފައިވުމާއި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިވިފައިވުން ނުވަތަ މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިންތިހާނަކުން ދެ މާއްދާއިން ދައްވެގެން “އީ” ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ނުވަތަ ހަޔާރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިންތިހާނުން “ދިވެހި” މި މާއްދާއިން ދައްވެގެން “ސީ” ގްރޭޑް ލިބިފައިވުން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމެވެ.

މިވަޒީފާތަކަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިއެކިއުންތައް ފުރިހަމަ ކުރުމަށް ފަހު އުނގޫފާރު ސްކޫލަށް ހުށައެޅުމަށް އެ ސްކޫލުން ކޮށްފައިވާ އިއުލާންގައި އެދިފައިވެއެވެ.  އޭގެ އިތުރުން ތިރީގައިވާ ލިއެކިއުންތައް އުނގޫފާރު ސްކޫލްގެ އީމެއިލް އެޑްރެސް (admin@ungoofaaruschool.edu.mv)  އަށް އީމެއިލްވެސް ކުރެވޭނެއެވެ.

1) ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ސްކޫލްގެ އޮފީސް ކައުނޓަރުން ލިބެން ހުންނާނެއެވެ. )

2) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3) ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4) ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5) ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ ،ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމު ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ .

(ށ) މަތީ ތައުލީމުދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

(ނ) ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓް ތަކުގެ ކޮޕީ

(ރ) ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ ، އެ ސެޓްފިކެޓްގެ ކޮޕީ

6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ،އަދާކޮށްފައިވާ ވަޒީފާ  ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ޗެކް ފޯމް.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،  03 އެޕްރީލް 2019  އާއި 08 އެޕްރީލް 2019   އާ ދެމެދު، އުނގޫފާރު ސްކޫލް ގައި އޮންނާނެ ކަމަށާއި ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެ ސްކޫލުން ކޮށްފައިވާ އިއުލާންގައި ބުނެފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close