ޙަބަރުމަޖިލިސް އިންތިހާބު 2019

ޤައުމީ މަސްލަޙަތު ހިމާޔަތްކުރެވޭނީ ރައްޔިތުންނަށް އިތުބާރުކުރެވޭ އިޚުލާސްތެރި މިނިވަން ބަޔަކު މަޖިލީހަށް ވަދެގެން: މަތީން

ނޯޓް: މި ލިއުމަކީ 19 ވަނަ ރައްޔިތުންގެ މާޖިލީހުގެ އިންތިޚާބަށް ކެންޕޭން ކުރުމަށް ވިޔަފާރި އުޞޫލުން ކެނޑިޑޭޓުންނަށް ދެވިފައިވާ ފުރުސަތުގެ ދަށުން ލިޔެވިފައިވާ ލިއުމެކެވެ.

ދައުލަތް ހިންގުމުގައި ރައްޔިތުންގެ މެދުގައިހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދޭނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ރައްޔިތުންނަށް އިތުބާރުކުރެވޭ އިޚްލާސްތެރިބަޔަކު އިންތިޚާބުކޮށްގެންކަމަށާއި އެފަދަ ކެންޑިޑޭޓުން ގިނައިން ފެންނަނީ ވަކިޕާޓީއަކާއި ނުގުޅި ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ކަމުގައި އުނގޫފާރު ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓް ޢަބްދުލްމަތީން ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ ސަރުކާރު ކޯލިޝަންއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ދައުލަތުގެ ބާރުތައް މަސްހުނިވެ އެއްބައެއްގެ މުށުތެރެއަށް ހުރިހާ ބާރުތަކެއްގޮސް ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހިވެގެންދާނެކަމަކަށް ވާއިރު ސަރުކާރު ކޯލިޝަނުން މަޖިލިސް މެޖޯރިޓީ ހޯދަން ކުރާ މަސައްކަތުން ހާމަވެގެންދަނީ ހެޔޮވެރިކަމެއް ޤާއިމްކުރުމުގެ ވިސްނުން އެފާރާތްތަކުގައި ނެތްކަމެވެ.

މަޖިލިސް މެމްބަރުންނަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ ސަރުކާރު ޖަވާބުދާރީކުރުން ކަމަށްވާއިރު ސަރުކާރު ކޯލިޝަންއަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުން މި ޒިންމާ އުފުލުމަށް ހުރަސްއެޅިގެންދާނެކަމަށް މަތީން ފާހަގަކުރެއްވިއެވެ. މިގޮތުން މަޖިލިސް ވާންޖެހޭނީ ސަރުކާރުން “ޖަހާހާ ބެރަކަށް ނަށަން” ތިބޭ ބަޔަކަށްނުވެ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތިން ރައްޔިތުންގެ މަސްލަހަތާއި ޤައުމީ މަސައްލަޙަތު އިސްކޮށްގެން މަސައްކަތްކުރާ ތަނަކަށެވެ. އެފަދަގޮތަކަށް އެންމެ ރަގަޅަށް މަސައްކަތްކުރެވޭނީ މިނިވަންކެންޑިޑޭޓުންނަށް ކަމުގައި މަތީން ދެކިވަޑައިގަންނަވައެވެ.

މީގެ އިތުރުން މިފަދަ އިންތިޚާބަކުން ޝަރުޢީދާއިރާ އިތުރަށްހަރުދަނާވެ، ޢަދުލުއިންސާފުގެ ދާއިރާއަށް ރައްޔިތުންގެމެދުގައި އޮންނަ އިތުބާރު ވަރުގަދަވުމަށް މަގުފަހިވުމަކީ މުހިންމު ކަމެއްކަމުއި ވިޔަސް ބައެއް ފަރާތްތަކުން އިންތިޚާބު ކާމިޔާބުކުރުމަށް ކުރާ މަސައްކަތް ގުޅިފައިވަނީ ޝަރުޢީދާއިރާއަށް ނުފޫޒުފޯރުވުމަށް މަގުފަހިކުރުމާކަމަށް ދޭހަވާގޮތަށް ބައެއްޕާޓީތަކުގެ ކެންޑިޑޭޓުން ޢާންމުންގެތެރޭގައިދަނީ ކެމްޕެއިން ކުރަމުންނެވެ. ކޮންމެ މީހަކަށްވެސް އިންޞާފު ލިބެންޖެހޭކަމަށާއި އެ އިންސާފު ލިބެންޖެހެނީ ޢަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ކަމަށް ވާއިރު ސިޔާސީ ބައެއްގެ ނުފޫޒު ޝަރުޢީ ދާއިރާއަށް ފޯރާފާނެ ފަދަ ގޮތަކަށް މަގުފަހިކުރުމަކީ އިންތިޚާބަކުން ރައްޔިތުން ކުރަން ހެޔޮވާނެ ކަމެއް ނޫންކަމަށް މަތީން ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުންވެސް އިންތިޚާބަށް ބޯމަތިވެފައިވާއިރު އިންތިޚާބީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ގެއްލޭގޮތަށް، އެއްވެސް ޝަރުޢީ ޙުކުމެއްނެތި އިދިކޮޅު ސިޔާސީ ލީޑަރު ބަންދުގައި ބެހެއްޓުމާއި، އިދިކޮޅު ސިޔާސީ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ދީފައިނުވުމާއި، އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ފިއްތުންތަކެއް ކުރިމަތިކުރުވާފައިވުމަކީ އިންތިޚާބުގު އިންސާފުވެރިކަމާއިމެދު ސުވާލުއުފެއްދުމުގެ ޖާގަ ހުޅުވިގެންދާ ކަންތައްތަކެއްކަމުގައި މަތީން ވިދާޅުވިއެވެ.

މިކަންކަމަށްބަލާއިރު ރައްޔިތުންގެ މަޖިލީސް އިސްލާހުކުރުމަށް ރައްޔިތުންކުރާ އުންމީދުތައް ފުރިހަމަވާނީ ވަކި ޕާޓީއަކަށް ބެލުމެއްނެތި، ރައްޔިތުންނަށް އިތުބާރުކުރެވޭ އިޚްލާސްތެރި، ޤާބިލު ބަޔަކު މަޖިލީހަށް އިންތިޚާބުކުރުމަށް އިސްކަންދިނުމުންކަމުގައި މަތީން ވިދާޅުވިއެވެ. މަތީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އުނގޫފާރުދާއިރާއަށް ވާދަކުރައްވަނީ މިނިވަން ކެނޑިޑޭޓެއްގެގޮތުގައެވެ. މަތީންގެ ކެނޑިޑޭޓްނަމްބަރ އަކީ 1 ( އެކެއް) އެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close